ފަޤިރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި 12.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.
މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށާފައިވަނީ މިދިޔަ މަހުގެ 13 ގައެވެ.
Advertisement

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4,000 ރުފިޔާ ބޮލަކަށް ޖެހޭއިރު 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
2023 ވަނަ އަހަރު ބޮލަކަށް 3,500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3,000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2,700 ރުފިޔާއެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފައިވަނީ 16,781610.99 ރުފިޔާއެވެ.







