މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލު އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާ ކަމަށެވެ.
މިނިސްޓްރީން ބުނީ ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކަމަށެވެ. އަދި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ޤައުތަކުގައި ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
Advertisement

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ 01 އަހަރުވުމުން، ޝަރްޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (2.5%) ނެރެން ޖެހޭކަމަށް މިނިސްްޓްރީން ބުންޏެވެ.
މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮންނެވެ.







