އިންޑިއާގެ ހައި ކޮމިޝަނަރު، ޖީ ބާލާސުބްރަމާނިއަމް ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ހާއްސަ ރަސްމިއްޔާތެއް ބޭއްވި.
628 ދުވަސް ކުރިން - 12:44
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެއް.
629 ދުވަސް ކުރިން - 16:27
މި ބަދަލުތައް ގެންނެވުމުގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުން.
629 ދުވަސް ކުރިން - 15:55
ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމަޢުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވި.
630 ދުވަސް ކުރިން - 14:36
2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށްޓަކައި ޒިންމާދާރުކަމާއެކީ، ޤައުމު ބިނާކުރުމުގެ އަހަރުކަމަށް ރައީސް ވިދާޅުވި
633 ދުވަސް ކުރިން - 13:40
ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ފާޅުކުރައްވާކަމަށް ރައީސް ފޮނުއްވި މެސެޖުގައި ފާހަގަކުރެއްވި.
633 ދުވަސް ކުރިން - 13:21
މިނިސްޓްރީތަކަށް ގެނައި ބަދަލާ ގުޅިގެން، ރައީސް ވަނީ ފިނޭންސް މިނިސްޓްރީއަށް "މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ" އަދި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް "ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ" ދިވެހި ނަމުގެ ގޮތުގައި ކަނޑައަޅުއްވާފައި.
636 ދުވަސް ކުރިން - 21:16
މި ފުން ހިތާމައިގެ ވަގުތުގައި ޑރ. ސިންގގެ ޢާއިލާއަށާއި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާފައިވާކަން ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރެއްވި.
636 ދުވަސް ކުރިން - 14:02
އަލަށް އައްޔަންކުރެއްވި 4 ވަޒީރުންނާ ވަކިން ބައްދަލުކުރައްވައި، ރައީސް ވަނީ ވުޒާރާގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ޚާއްޞަ އިރުޝާދުތަކެއް ދެއްވާފައި.
639 ދުވަސް ކުރިން - 16:10
ރައީސް ވިދާޅުވީ ދިވެހިންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ޙާލަތެއްގައި އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއް ކަމަށް.
639 ދުވަސް ކުރިން - 12:39
ރައީސް މި މެސެޖު ފޮނުއްވާފައިވަނީ އަޒަރްބައިޖާނުގެ ހުޅަނގު ދެކުނުގައި އޮންނަ އަކްޓައޫ ސިޓީއަކަށް މަތިންދާބޯޓެއް ވެއްޓި، އެތައް ބަޔަކު މަރުވެ އަދި ޒަޚަމްވި ހާދިސާއާ ގުޅިގެން.
640 ދުވަސް ކުރިން - 22:16
ރައީސް އޮފީހުން ބުނީ މި ސްޓްރެޓަޖީއަށް ޢަމަލުކުރަން ފެށުމުގެ ސަބަބުން ޤުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި އެ ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތައް ފަހިވާނެ ކަމަށް.
640 ދުވަސް ކުރިން - 13:59