ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވްއަށް ތައޭވްއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖު ފޮނުއްވާފައިވަނީ އަޒަރްބައިޖާނުގެ ހުޅަނގު ދެކުނުގައި އޮންނަ އަކްޓައޫ ސިޓީއަކަށް މަތިންދާބޯޓެއް ވެއްޓި، އެތައް ބަޔަކު މަރުވެ އަދި ޒަޚަމްވި ހާދިސާއާ ގުޅިގެންނެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، މި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، އަޒަރްބައިޖާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ޙާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބު އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރުތަކުގައި ބުނެފައިވާ ގޮތުގައި، މި ޙާދިސާގައި ވެއްޓިފައިވަނީ އަޒަރްބައިޖާން އެއަރލައިންގެ މަތިންދާބޯޓެކެވެ. މި ބޯޓުގައި 67 މީހުން ދަތުރުކުރަމުން ދިޔައިރު، މިހާތަނަށް 30 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.









