ސުޕްރީމް ކޯޓުން އާންމުކުރި 2024ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 54 އައު މައްސަލަ ރަޖިސްޓްރީކުރެވުނުއިރު، ޖުމްލަ 69 މައްސަލައެއްގައި ގޮތެއް ނިންމައި މިދިޔަ އަހަރު އަހަރު ނިމުނުއިރު 84 މައްސަލައެއް ނުނިމޭ.
656 ދުވަސް ކުރިން - 19:33
މިއީ ޖާބިރުގެ ޑީއާރްޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލަ. ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޑީއާރުޕީގެ ދަރަންޏަށް ތިންވަނަ ފަރާތެއް ޒިންމާކުރެވޭނީ އެ ފަރާތެއް އެގޮތަށް ރުހޭ ނަމަ.
663 ދުވަސް ކުރިން - 11:10
އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވޭ.. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާ. އަޒިމަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަޙްޤީޤު ލީޑްކުރި އޮފިސަރު..
673 ދުވަސް ކުރިން - 19:57
އިމަޖެންސީގައި، އުއްތަމަ ފަނޑިޔާރު މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގައި. އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެނީ މައިބަދަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން.
697 ދުވަސް ކުރިން - 12:19
ހައްޔަރު ނުކުރެވޭ ނުވަތަ ބަންދުގައި ނުވާ މީހެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ސާމްޕަލެއް ނެގުމަށް ކޯޓު އަމުރެއް ނުނެރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި.
717 ދުވަސް ކުރިން - 18:36
ޕާޓީ ބަދަލުކުރުކުން ގޮނޑިނގެއްލޭ ގޮތަށް ޤަނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙުތައް ބާޠިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފި.
719 ދުވަސް ކުރިން - 13:07
ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާއި ހަމައަށް ސުޕްރީމް ކޯޓު އަންނަ ޑިސެމްބަރު މަހުން ފެށިގެން ރިސެސްއަށް ދާނެކަމަށް ކޯޓުން އިއުލާނުކޮށްފި.
725 ދުވަސް ކުރިން - 13:35
މި މައްސަލައިގެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި.
741 ދުވަސް ކުރިން - 22:38
އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހްގެ މައްޗަށް.. މައްސަލަ އަލުން ބަލަން ނިންމީ ގަސްދުގައި މީހަކު މަރާލިކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާތީ.
747 ދުވަސް ކުރިން - 09:46
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ، މުޙައްމަދު ސަމާހު ކުށަށް އިޢުތިރާފްވުމުން، އޭނާއާ ދެކޮޅަށް އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައި ނުވާ ކަމަށް އަދި ސަމާހުގެ ހެކިވެރިންގެ ހެކިބަސް ނަގާފައި ނުވާކަމަށާއި، ޑިޖިޓަލް ހެކި ހެކިބަހުގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ވިދާޅުވި.
784 ދުވަސް ކުރިން - 17:37
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ 22 ވަނަ ދުވަހު އެ ކޯޓު އާންމުކޮށް ހުޅުވާލަން ނިންމައިފި. މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައި އާންމު ފަރާތްތަކަށް ކޯޓު ހުޅުވާލެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވޭ.
789 ދުވަސް ކުރިން - 13:32
ގާޒީ އަލީ ނަދީމް ވިދާޅުވީ ދެ މައްސަލައިގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލުކުރެވޭތީ، ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ މައްސަލަ މަޑުޖައްސާލުމަށް ނިންމި ކަމަށް.
791 ދުވަސް ކުރިން - 13:42