މާލެއިން ބޭރުގައި ހުންނަވަނިކޮށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދިމާވީ ސިއްހީ މައްސަލައެއްގައި މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
އިމަޖެންސީގައި، އުއްތަމަ ފަނޑިޔާރު މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެނީ މައިބަދަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.
އުއްތަމަ ފަނޑިޔާރުން ވަޑައިގެން އުޅުއްވީ ބ. ފުޅަދޫގައި ޗުއްޓީއެއްގަ އެވެ.
ސުޕްރީމް ކޯޓު މިވަގުތު އޮތީ ރިސެސްގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާއި ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސިއްހީ ސަބަބުތަކަށްޓައި އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅޭކަމުގެ އަޑުތަކެއް ވެސް މިފަހުން ވަނީ ފެތުރިފަ އެވެ.









