ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައަޅައި ޤަނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙުތައް ބާޠިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފި އެވެ.
އަލީ ހުސައިން ހުށަހެޅުއްވި އެ އިޞްލާޙުތަކަކީ ޤާނޫނު އަސާސީގެ 4، 5، 8، 26، 75، އަދި 90 ވަނަ މާއްދާ ހިމެނޭ ގޮތަށް ޤާނޫނު އަސާސީގެ އެތައް މާއްދާއަކާ ފުށުއަރާ އިޞްލާޙްތަކެއް ކަމަށް ބުނެއެވެ. އެ އިޞްލާޙްތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަށް ބުރޫއަރާ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ އިޞްލާޙުތަކުގެ ސަބަބުން ރިޔާސީ ނިޒާމަށް ބުރޫ އަރާފާނެ ކަމަށާއި އެ ބަދަލުތައް ބާޠިލްކޮށް މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ބަދަލުތައް ނުހިނގާނެކަން ކަށަވަރު ކުރުމަށެވެ.
މި މައްސަލައިގެ ތެރެއަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޑިމޮކްރެޓުންގެ ފަރާތުން ތަދައްޚުލްވެ، މެމްބަރުންނަށް ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖިނާޢީ ކުށްތަކަށް ހުށަހަޅައި އެ މެމްބަރުންގެ ކަރާމާތް ގެއްލުވައިލަން މަސައްކްތް ކުރާކަމަށް ތުހުމަތު ކުރެވެއެވެ.
ރައްޔިތުން ވޯޓު ދީގެން ހޮވާ މެމްބަރަކު އެ ރައްޔިތުންގެ ވޯޓަކަށް ނުގޮސް ޕާޓީ ބަދަލުކޮށްލުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.









