ހަދިޔާގައި ހިމެނެނީ ސްޓެލްކޯގެ ކޯޕަރޭޓް ކަލަންޑަރާއި ޑައިރީ ގިފްޓް ޕެކެއް. އަދި މި ޑައިރީގައި ބިލްޓްއިން ވަޔަރލެސް ޗާޖަރެއް ވެސް ހިމެނޭ.
640 ދުވަސް ކުރިން - 19:47
ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެއްގެ ގޮތުގައި.
654 ދުވަސް ކުރިން - 15:46
ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށް ވަދެ ވައްކަން ކުރަންވެގެން އުޅުނު މީހަކު ފުލުހުން ވަނީ ހިފަހައްޓާފައި.
655 ދުވަސް ކުރިން - 09:51
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހްމީ އާއި ކުންފުނީގެ އިސްވެރިން ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި އެ ސަރަޙައްދުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް ވަނީ މަޝްވަރާކޮށްފައި.
656 ދުވަސް ކުރިން - 19:05
މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 4:00 މާލެ ސިޓީގެ އަބަދަށްފެހި މަގު، މެދުޒިޔާރަތް މަގު، ކަރަންކާ މަގު އަދި ގުލޭނޫރަން މަގު ހިމެނޭ ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވޭ.
660 ދުވަސް ކުރިން - 14:21
ދިރާގު ބިލްޑިންގާއި އެމްޕީއެލް ޓަވަރު ފިޔަވައި ހުރިހާ ތަނަކަށް ކަރަންޓު ލިބިއްޖެ.
667 ދުވަސް ކުރިން - 00:44
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، އަވަސް މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ ސްޓެލްކޯއިން ބުނެފި..
667 ދުވަސް ކުރިން - 23:39
އޭސީސީން ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ އިއްޔެ ކަމަށް. ނަމަވެސް، އިތުރު ތަފުސީލެއް އަދި ނުދޭ.
670 ދުވަސް ކުރިން - 16:19
ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" ވަނީ އަރުވައިފައި.
ރޭ 9:43 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން މަސައްކަތްކޮށް، ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދިނީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޛާލިފް (37އ).
670 ދުވަސް ކުރިން - 11:30
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފަށް ދިން ޙަމަލާއަކީ ނުރައްކާތެރި ޙަމަލާއެއް ކަމަށާއި، ދާއިމީ ނުކުޅެދުންތެރިކަމަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް.
671 ދުވަސް ކުރިން - 23:52
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށް.
671 ދުވަސް ކުރިން - 22:14