މިރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މަޢުލޫމާތު ދީފިއެވެ.
ސްޓެލްކޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.









