ވަގު އަތިލައިގަންނަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފަށް ދިން ޙަމަލާ ފަހުމީ ކުށްވެރިކޮށްފި

އަައިޝަތު ޒީނާ | 320 ދުވަސް ކުރިން - 14 ޖެނުއަރީ 2025 23:52
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް މިރޭ ގެއްލުންދީ ވައްކަން ކުރަން އުޅެފައި. / ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް މިރޭ ގެއްލުންދީ ވައްކަން ކުރަން އުޅެފައި. / ފޮޓޯ: ސްޓެލްކޯ
ޚުލާސާ

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފަށް ދިން ޙަމަލާއަކީ ނުރައްކާތެރި ޙަމަލާއެއް ކަމަށާއި، ދާއިމީ ނުކުޅެދުންތެރިކަމަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް.

ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީ ވައްކަން ކުރަން އުޅުނު މީހާ އަތިލައިގަންނަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފަށް ދިން ޙަމަލާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ކުށްވެރިކޮށްފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފަށް ދިން ޙަމަލާއަކީ ނުރައްކާތެރި ޙަމަލާއެއް ކަމަށާއި، ދާއިމީ ނުކުޅެދުންތެރިކަމަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށެވެ.

"ބޮޑު ރެންޗަކުން ބޮލުގައި ޖަހާ، މިރޭ އަޅުގަނޑުމެންގެ މުވައްޒަފަކަށް ދިން ޙަމަލާއަކީ ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ފުރާނައަށް ނުރައްކާވެދާނެ ފަދަ ޙާލަތެއް ކުރިމަތިވެދާނެ ފަދަ ޙަމަލާއެއް." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޔަޤީންކޮށް އަރުވަނީ، މިރޭ އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގު ވަޒަންކުރާނެ ކަމަށެވެ. އަދި ސްޓެލްކޯގެ ޓީމަށް ދިމާވާ ކޮންމެ ނުރައްކަލެއް ވަރަށް ސީރިއަސްކަމާއެކު ބަލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%