ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީ ވައްކަންކުރަން އުޅުނު މީހަކު ހިފެހެއްޓުވި ސްޓެލްކޯގެ މުވައްޒަފުންގެ ހިތްވަރަށް ސާބަސްދީ، އެ ކުންފުނިން އެ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭގެ ވަގުތެއްގައި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" އަރުވާފައިވާ ކަމަށެވެ.
އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
"އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި ވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ،" ސްޓެލްކޯ އިން ބުންޏެވެ.
މި ކަހަލަ ހާދިސާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުން ދާނެ ކަމުގެ ޔަގީންކަން ވެސް ސްޓެލްކޯ އިން ދިނެވެ،
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީ ވައްކަން ކުރަން އުޅުނު މީހާ އަތުލައިގަންނަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފަކަށް ބޮޑު ރެންޗަކުން ހަމާލީ ވަނީ ޒަހަަމް ވެސް ކޮށްލައިފަ އެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.









