2030 ވަނަ އަހަރުގެ ނިޔަލަށް މަނާކޮށްފައިވަނީ ނިކަމެތި ހާލަތުގައި ތިބޭ މީހުން ގެދޮރުން ނެރުން. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް އިމާރާތެއްގެ ކުލި ބޮޑު ނުކުރެވޭ ގޮތށް ވެސް ވަނީ ނިންމާފަ.
1 ދުވަސް ކުރިން - 09:01
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ޕާލަމެންޓުގެ 350 ގޮނޑީގެ ތެރެއިން އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 176 ގޮނޑިއަށްވުރެ އިތުރަށް، އިދިކޮޅު ޕީ.ޕީ އާއި ވޮކްސް ޕާޓީ ގުޅިގެން 190 ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް.
2 ދުވަސް ކުރިން - 07:15
މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ. މަގުތައް ބަންދުކުރަން އުޅުނު ބައިވެރިން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ.
4 ދުވަސް ކުރިން - 21:49
ސްޕެއިނުގެ މިނިސްޓަރު ވިދާޅުވީ އެސްޕޭނު ފަދަ ޤައުމެއްގައި އެއް އަހަރު ތެރޭގައި މިފަދަ ނުރައްކާތެރި ދެ ހާދިސާ ހިނގުމުން، ސިޔާސީ އަބުރާއި ޒިންމާދާރުކަމުގެ ގޮތުން މަޤާމުގައި ދެމީހުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް.
12 ދުވަސް ކުރިން - 07:00
ކޭން ވަނީ ކްލަބާއި ޤައުމީ ޓީމަށް ކުޅުނު 65 މެޗުން ޖުމްލަ 73 ގޯލް ޖަހައި، ދުނިޔޭގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށްދޭ "ގާޑް މުލާ ޓްރޮފީ" ވެސް ހޯދާފަ. ބެލޮންޑިއޯ އެވޯޑް ލިބުނު އަންހެން ކުޅުންތެރިޔަކީ ބާސެލޯނާގެ ކެޕްޓަން، ސްޕެއިންގެ އަލެކްސިއާ ޕުޓެލަސް.
20 ދުވަސް ކުރިން - 04:54
ސްޕެއިންގެ ޕާލަމެންޓުގައި ސަރުކާރު ކޯލިޝަނަށް ފުރިހަމަ އަޣުލަބިއްޔަތު ނެތުމުގެ ސަބަބުން، އިދިކޮޅު ޕާޓީތަކުންނާއި ބައެއް އެހެން ކުދި ޕާޓީތަކުން ވަނީ މި ބިލާ ދެކޮޅަށް ވޯޓު ދީފަ.
41 ދުވަސް ކުރިން - 14:34
ބެލަންޑިއޯ ރޭހާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ފާހަގަކުރީ ޔަމާލްގެ ހުނަރުވެރިކަމުގެ އިތުރުން ސްޕެއިންގެ އެހެން ކުޅުންތެރިންނަށް ވެސް އިހުތިރާމްކުރަން ޖެހޭ ކަމަށް. ޔޫރޯ ކާމިޔާބީއަށްފަހު، މި ސީޒަނުގައި ލަލީގާ އަދި ޔޫރަޕްގައި ވެސް ޔަމާލް ދަނީ ގައުމީ ޓީމާއި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން.
42 ދުވަސް ކުރިން - 10:59
100 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ސްޕެއިންގެ ކުލަބެއް ކަމަށްވާ އެލްޑެންސް ގެ މެޖޯރިޓީ ޝެއާ މެސީ ގަނެފި. މިއީ މިއަހަރުގެ ތެރޭގައި ސްޕެއިންގެ ކްލަބެއް މެސީ ގަތް ދެވަނަ ފަހަރު. މީގެކުރިން މިދިޔަ އެޕްރީލް މަހު އޭނާ ވަނީ ސްޕެއިންގެ ޔޫއީ ކޯނެޔާ ވެސް ގަނެފަ.
44 ދުވަސް ކުރިން - 10:14
2028 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ ހުރިހާ ކުލީގެ އެގްރީމެންޓްތަކެއް، ބަދަލަކާ ނުލައި އިތުރު ދެއަހަރަށް އޮޓޮމެޓިކުން އާވާގޮތަށް ވަނީ ހަމަޖައްސާފަ. އަހަރަކު އެއްފަހަރު ކުލި ބޮޑުކުރެވޭނެ އެންމެ މަތީ މިންވަރަކީ 2 އިންސައްތައާއި 3 އިންސައްތަ. ކުލި ބޮޑު ސަރަހައްދުތަކުގައި ކުރީގެ ކުއްޔަށްވުރެ އަގު މަތިނުކުރެވޭނެ.
47 ދުވަސް ކުރިން - 07:31
ސްޕެއިންގެ ޕްޑްރޯ ސަންޗޭގެ ސަރުކާރާއި ދެކޮޅަށް މެޑްރިޑުގެ މަގުތަކަށް ބައިލައްކަ އަށްވުރެ ގިނަ މީހުން މުޒާހަރާ އަށް ނުކުތުމުން، ފުލުހުން ނުކުމެ މުޒާހަރާ ހުއްޓުވީ އެއްވެފައި ތިބި މީހުންނާއި ދިމާލަށް ރަބަރު ވަޒަން ޖަހައިގެން.
74 ދުވަސް ކުރިން - 05:32
އާޖެންޓީނާގެ ޕަރެޑެސް 10 މެޗަށް އަދި މޮލީނާ 7 މެޗަށް ސަސްޕެންޑްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި. މީގެއިތުރުން ސްޕެއިންގެ ގަވީ އާއި އާޖެންޓީނާގެ ބައެއް އޮފިޝަލުންނަށް ވެސް އަދަބު ދިންއިރު، ސަޕޯޓަރުންގެ އަމަލުތަކާއި ސިޔާސީ ބެނާއެއްގެ މައްސަލައިގައި އާޖެންޓީނާގެ އެފްއޭ 321،000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ.
86 ދުވަސް ކުރިން - 22:08
ވަރުގަދަ އެކަޑަމީ ނިޒާމަކާއި، ހަރުދަނާ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ މި ކާމިޔާބީއާއެކު، ސްޕެއިން މިހާރު އޮތީ ދުނިޔެއާއި ޔޫރަޕްގެ ރަސްކަމުގެ ތަހުތުގައި. މިއީ މުސްތަގުބަލަށް އޮތް ވަރުގަދަ ބާރެއް. ސްޕެއިން މިއަދު އޮތީ ފުޓުބޯޅައިގެ ހުރިހާ ލެވެލްއެއްގައި ބަލިކުރަން އުނދަގޫ ބާރެއްގެ ގޮތުގައި.
118 ދުވަސް ކުރިން - 14:06
މި މެޗު ސްޕެއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިން. ހަމައެކަނި ގޯލު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބުކުރީ ފެރަން ޓޮރޭސް.
119 ދުވަސް ކުރިން - 03:01