Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2026 05:32
ސެއުޓާގެ ހިޖުރަވެރިންގެ ބޮޑު ކާރިސާއާ ގުޅިގެން މެޑްރިޑުގައި ބޭއްވި މުޒާހަރާގެ ތެރެއިން.
ސެއުޓާގެ ހިޖުރަވެރިންގެ ބޮޑު ކާރިސާއާ ގުޅިގެން މެޑްރިޑުގައި ބޭއްވި މުޒާހަރާގެ ތެރެއިން.
ޚުލާސާ

ސްޕެއިންގެ ޕްޑްރޯ ސަންޗޭގެ ސަރުކާރާއި ދެކޮޅަށް މެޑްރިޑުގެ މަގުތަކަށް ބައިލައްކަ އަށްވުރެ ގިނަ މީހުން މުޒާހަރާ އަށް ނުކުތުމުން، ފުލުހުން ނުކުމެ މުޒާހަރާ ހުއްޓުވީ އެއްވެފައި ތިބި މީހުންނާއި ދިމާލަށް ރަބަރު ވަޒަން ޖަހައިގެން.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ މަގުތަކަށް ބައިލައްކައަށްވުރެ ގިނަ މީހުން ނުކުމެ ސަރުކާރާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާ، ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފިއެވެ. ސެއުޓާ ސަރަހައްދަށް ދިމާވެފައިވާ ހިޖުރަވެރިންގެ ބޮޑު ކާރިސާއާ ގުޅިގެން، ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސަރުކާރާއި ދެކޮޅަށް ނުރުހުން ފާޅުކުރުމަށް ޕްލާޒާ ޑި ސިބެލެސް ސަރަހައްދަށް އެއްވި މީހުން ހުއްޓުވުމަށް ފުލުހުން ވަނީ ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކޮށްފައެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީއިން އިންތިޒާމުކުރި މި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ ސަންޗޭޒްގެ ސަރުކާރުން ގައުމުގެ ސަލާމަތާއި ބޯޑަރުތައް ރައްކާތެރިކުރުމުގައި ފެއިލްވެފައިވާ ކަމަށެވެ.

ސުލްހަވެރިކަމާއި އެކު ފެށި މުޒާހަރާގެ މަސްލަހަތު ގެއްލި، ބައެއް ބައިވެރިން ސްޕެއިންގެ ގާނޫނު ހަދާ މަޖިލިސް ކުރިމަތީގައި ތިބި ފުލުހުންނާއި ދިމާލަށް އެކި އެއްޗެހި އުކަން ފެށުމުން ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. މުޒާހަރާ ކޮންޓްރޯލުން ނެއްޓުމުން، ފުލުހުން ވަނީ އެއްވެފައި ތިބި މީހުންގެ ގަޔަށް އަމާޒުކޮށް ރަބަރު ވަޒަން ޖަހައި، ކަރުނަގޭސް އުކައިގެން މީހުންތައް އެ ސަރަހައްދުން ފަހާ ދުރުކޮށްފައެވެ.

Advertisement

Advertisement 1

މި ހަމަނުޖެހުންތަކާއި ގުޅިގެން މެޑްރިޑްގެ ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 4 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންވެސް ހިމެނޭއިރު، އެމީހުންގެ މައްޗަށް ކުރަނީ އާންމު މަސްލަހަތު ނަގާލުމާއި ފުލުހުންނަށް ހަމަލާދިނުމުގެ ތުހުމަތެވެ. މީގެ އިތުރުން، މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 4 ފުލުހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން އެއް ފުލުހަކަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ

ސްޕެއިންމުޒާހަރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ފްރާންސް މުޒާހަރާ: 2400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ފްރާންސް މުޒާހަރާ: 2400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

12 ގަޑިއިރު ކުރިން - 08:54

އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލައި ސަޕޯޓަރުން ވެރިރަށް އިސްލާމްއާބާދަށް މިސްރާބު ޖަހައިފި

އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލައި ސަޕޯޓަރުން ވެރިރަށް އިސްލާމްއާބާދަށް މިސްރާބު ޖަހައިފި

9 ދުވަސް ކުރިން - 13:28

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

14 ދުވަސް ކުރިން - 14:34

ޔަމާލަކީ ފުޓުބޯޅައިގެ ލެޖެންޑަކަށް ވުމުގެ މަގުމަތީގައިވާ ކުޅުންތެރިއެއް: ޑެ ލަ ފުއެންޓޭ

ޔަމާލަކީ ފުޓުބޯޅައިގެ ލެޖެންޑަކަށް ވުމުގެ މަގުމަތީގައިވާ ކުޅުންތެރިއެއް: ޑެ ލަ ފުއެންޓޭ

15 ދުވަސް ކުރިން - 10:59

ގަރުނެއް ވެފައިވާ ކުލަބެއް މެސީ ގަނެލައިފި

ގަރުނެއް ވެފައިވާ ކުލަބެއް މެސީ ގަނެލައިފި

17 ދުވަސް ކުރިން - 10:14

ސްޕެއިނުން އެޕާޓްމަންޓުތަކުގެ ކުލިތައް ކޮންޓްރޯލް ކޮށްފި!

ސްޕެއިނުން އެޕާޓްމަންޓުތަކުގެ ކުލިތައް ކޮންޓްރޯލް ކޮށްފި!

19 ދުވަސް ކުރިން - 07:31