ޤަޠަރުގެ ބޮޑުވަޒީރު ޝޭހު މުޙައްމަދު ވަނީ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހަޅާފައިވާ ދެ ދުވަހުގެ ޕްލޭނެއް ޓްރަމްޕްގެ ސަރުކާރަށް ހުށަހަޅުއްވާފަ. ވިދާޅުވީ އިތުރު އަސްކަރީ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމަށް މިހާރު ލަފާނުކުރެވުނު ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާ އޮތީ ކޮންމެ ފަދަ ޙާލަތަކަށްވެސް ތައްޔާރަށް.
17 ދުވަސް ކުރިން - 14:18
ޤަޠަރަކީ ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ މުހިންމު ޤައުމަކަށް ވާއިރު، އެ ޤައުމުން އަބަދުވެސް ބާރުއަޅަމުން ދަނީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް.
20 ދުވަސް ކުރިން - 12:55
އޮކްސްފޯޑް ޔުނިވަރސިޓީގައި ވާހަކަދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ ލަސްކުރުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް. މި ދަނޑިވަޅުގައި، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގޭޝްމް ޖަޒީރާއަށް ދެ މިސައިލް ހަމަލާ އަރާފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވޭ.
21 ދުވަސް ކުރިން - 05:51
އެމެރިކާ އާއި އީރާނާއި ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތައް ކުޑަކޮށް، މަޝްވަރާގެ މޭޒަށް ވާހަކަތައް ގެނައުމަށް ޓަކައި ޤަޠަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައި.
38 ދުވަސް ކުރިން - 16:18
ޤަޠަރަކީ ޣައްޒާ އަށް ސުލްޙަވެރި ޙައްލެއް ހޯދުމަށާއި، ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ މުހިންމު ޤައުމު. ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެއްވެސް ހުރަހަކާ ނުލައި ފޯރުކޮށްދިނުމަށް އެޤައުމުން ދަނީ މަސައްކަތް ކުރަމުން.
59 ދުވަސް ކުރިން - 07:45
ޤަޠަރުގެ މެދުވެރިން ބޭނުންކޮށްގެން އީރާނުން ވަނީ އެމެރިކާއަށް އެ ޤައުމުގެ ޝަރުޠުތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހަނގުރާމަ އެއްކޮށް ހުއްޓާލުމާއި، އެމެރިކާއިން ކުރިއަށްގެންދާ އިޤްޠިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ބްލޮކޭޑްތައް ނިމުމަކަށް ގެނައުމުގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ދޫކޮށްލުން ހިމެނޭ.
64 ދުވަސް ކުރިން - 18:42
ވޭތުވެދިޔަ އަހަރު ގަތަރުން 509 ގޭސް ޝިޕްމަންޓް އެކްސްޕޯޓް ކުރި، މިއަހަރު މިހާތަނަށް ގަތަރަށް ފޮނުވިފައި ވަނީ އެންމެ 18 ޝިޕްމަންޓް. މި ކަމުގެ ސަބަބުން ގަތަރަށް ގޭސް އެކްސްޕޯޓް ކޮށްގެން ލިބޭ އާމްދަނީ އިން ގާތްގަނޑަކަށް 24 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ގެއްލިފަ.
93 ދުވަސް ކުރިން - 13:12
ޤަޠަރުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވި.
128 ދުވަސް ކުރިން - 15:04
މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިހް ހަމަދު ބިން ހަލީފާ އާލް ޘާނީ، އަވަހާރަވުމާ ގުޅިގެން ކުރެއްވި ދަތުރުފުޅެއް. ރައީސް ވަނީ، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފަ.
136 ދުވަސް ކުރިން - 10:54
ލުސައިލް ގަޑުވަރުގައި ބޭއްވި މި ބައްދަލުވުމުގައި ގަތަރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން ހާމަކޮށްދޭ ދަތުރުފުޅެއް. ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކުރައްވާފަ.
137 ދުވަސް ކުރިން - 22:50
މިއީ ރާއްޖެއާއި ގަތަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހް ހަމަދު ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައިސް އޮފީހުން ހާމަކުރި.
137 ދުވަސް ކުރިން - 13:31
ރައީސްގެ މިދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން އަދި ގަތަރުގެ މިހާރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީއަށާއި އެގައުމުގެ ޝާހީ އާއިލާއަށް އިހުތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަަމަށް ރައީސްއޮފިހުން ހާމަކުރި.
137 ދުވަސް ކުރިން - 13:22
ޤަތަރުގެ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އަލްފާޟިލް އާދަމް ޝަރީފު ޢުމަރު. އެކުވެރި ޢަރަބި އިމާރާތުގެ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ގ. ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމް.
155 ދުވަސް ކުރިން - 13:00