ރައީސް ވަނީ އަންނަ އަހަރު ނިމެންވާއިރަށް ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައި.
696 ދުވަސް ކުރިން - 14:19
މިފަދަ ބިލްތަކަށް މިދިޔަ ހަފުތާގައި އެކަނި ވެސް 501 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި.
696 ދުވަސް ކުރިން - 13:52
ރައީސް ވިދާޅުވީ މި ނިމިގެންދާ އަހަރުގެ ތެރޭގައި، ކުރީ އަހަރުތަކާ އަޅާ ބަލާއިރު ޑްރަގް އަތުލެވުނު ޢަދަދު %60 އިތުރުކުރެވިފައިވާކަމަށާއި، ރާ އަތުލެވޭ ޢަދަދު %120 އިތުރުކުރެވިފައިވާ ކަމަށް.
696 ދުވަސް ކުރިން - 13:45
މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ.
696 ދުވަސް ކުރިން - 12:34
މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށް.
697 ދުވަސް ކުރިން - 05:00
އިނގިރޭސި ސަރުކާރުން މޮރިޝަސް އަށް ޗާގޯސް ޙަވާލުކުރުމުގެ ވާހަކަތަކެއް އަޑު އިވިވަޑައިގަތުމުން، އެތަނަކީ ރާއްޖޭގެ ތާރީޚީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ސިޓީއެއް ފޮނުވައިފި.
697 ދުވަސް ކުރިން - 01:00
ރައީސް ވިދާޅުވީ ވެރިކަމަކީ ވަރުގަދަ ޒިންމާއެއް ކަމަށާއި، ވަރުގަދަ މަސްޢޫލިއްޔަތެއް ކަމަށް. އަދި އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށް ރައީސް ވިދާޅުވި.
697 ދުވަސް ކުރިން - 00:32
ޑރ. ޒާހިރަށް މި ޝަރަފު އެރުއްވީ އެމަނިކުފާނު ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ތަޢުލީމު ފުޅާކުރެއްވުމަށާއި، އަދި ތަޢުލީމީ ރޮނގުން ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން.
697 ދުވަސް ކުރިން - 21:06
ވަޒީރު ވިދާޅުވީ 20 ވަނަ ޤަރުނުގައި ރައްޔިތުން ދުށް ހުވަފެން ހަޤީޤަތަކަށްވާތަން ފެންނަނީ މިއަދު ކަމަށާއި ކޮންމެ ރައްޔިތަކު ވަޒަންކޮށްލި ނަމަވެސް މި ހަޤީޤަތް ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރައްވާނެ ކަމަށް.
697 ދުވަސް ކުރިން - 21:04
އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިދިޔަ ޖޫން މަހުގެ 2 ގައި.
697 ދުވަސް ކުރިން - 17:27
ރައީސް ޔާމީން ވިދާޅުވީ ޖަލުން ނުނިކުންނާނެކަން ކަށަވަރު ކުރުމަށާއި ގެއަށް ބަދަލު ކުރުމަށް ދެކޮޅު ހެއްދެވީ ރައީސް ޑރ. މުޢިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް.
697 ދުވަސް ކުރިން - 15:01
ރާއްޖޭގެ 7 ރަށެއް އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި. މިއީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢެއް.
698 ދުވަސް ކުރިން - 13:45