Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެރިކަމަކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫން: ރައީސް

ވެރިކަމަކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫން: ރައީސް

އަައިޝަތު ޒީނާ
620 ދުވަސް ކުރިން - 11 ނޮވެންބަރު 2024 00:32
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ވެރިކަމަކީ ވަރުގަދަ ޒިންމާއެއް ކަމަށާއި، ވަރުގަދަ މަސްޢޫލިއްޔަތެއް ކަމަށް. އަދި އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށް ރައީސް ވިދާޅުވި.

ވެރިކަމަކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަކީ އެއްވެސް ޙާލެއްގައި ލިބޭ މާ ބޮޑު މޮޅެއް ނޫން ކަމަށާއި، އެއީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫން ކަމަށެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ވެރިކަމަކީ ވަރުގަދަ ޒިންމާއެއް ކަމަށާއި، ވަރުގަދަ މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު ފަޟީލަތުލް އުސްތާޛުއްޝައިޙް އަލްމަރްޙޫމް ހުސެއިން ޢަބްދުއްރަހްމާން ލިޔުއްވާފައިވާ "ދައުލަތާއި ވެރީންނާއި މަސްޢޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ފޮތަކީ ވެރިކަން ކުރުމަށް އެމަނިކުފާނުގެ "ގައިޑު" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ބައްޕާފުޅު ފަޟީލަތުލް އުސްތާޛުއްޝައިޙް އަލްމަރްޙޫމް ހުސެއިން ޢަބްދުއްރަހްމާން ލިޔުއްވާފައިވާ "ދައުލަތާއި ވެރީންނާއި މަސްޢޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ފޮތާއެކު. / ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު މިއަދާ ހަމައަށްވެސް ބަލަމުން އައީ މިފޮތް. އެއީ މީގައި ކީރިތި ޤުރްއާނުގެ އަލީގައި، ކީރިތި ރަސޫލާ  صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މާތްވެގެންވާ ސުންނަތުގެ އަލީގައި، ދެން މި ދެންނެވި ފަދައިން އިސްލާމީ ތާރީޚުގެ އަލީގައި އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ރިޢާއަތްކޮށް ރާއްޖޭގެ ކޮންޓެކްސްޓުގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ބައްލަވާލައްވާފައިވާތީ އަޅުގަނޑަށް މި ފޮތުން ވަރަށް ގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ." ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ދުވަހެއް ކަމަށެވެ. މި ދުވަހަކީ ރައްޔިތުން އިންތިޚާބު ކުރާ ވެރިއަކު ހޮވައި، ވެރިކަން ކުރުމުގެ ބާރު އެމީހަކާ ޙަވާލުކޮށްގެން އެ ކުރާ މަސައްކަތާއި ޒިންމާތަކާ ގުޅޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

1 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

2 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

3 ދުވަސް ކުރިން - 18:38