މިއަދުގެ ހަތަރު ވަނަ ރަށަށް ގއ. މާމެންދޫ އަށް ވަޑައިގެންނެވުމުން އެރަށު ކުދިބޮޑު ވަރަށް ގިނަ ބަޔަކު ނުކުމެ ރައީސަށް މަރުޙަބާ ދެންނެވި..
637 ދުވަސް ކުރިން - 18:16
މިހާތަނަށް ހުވަދޫ އަތޮޅުން ވަޑައިގެންނެވި ހުރިހަ ރަށަކުން ވެސް އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެރަށްރަށުން އެދުނު ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ފެއްވާފަ.
637 ދުވަސް ކުރިން - 17:49
ކަނޑުހުޅުދޫ ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، އެ މައްސަލަތައް ރަނގަޅަށް ދިރާސާކުރައްވައި، އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް.
637 ދުވަސް ކުރިން - 17:19
ރަތަފަންދޫއަށާއި ކަނޑުހުޅުދޫއަށް ވަޑައިގަތުމަށްފަހު މިހާރު ރައީސް ވަނީ ނިލަންދޫއަށް ވަޑައިގެންފަ. ރައީސް ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް، އެރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަނީ ޖޯޝާއި ފޯރި.
637 ދުވަސް ކުރިން - 16:51
ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވި.
637 ދުވަސް ކުރިން - 16:20
ކުއްޖާގެ އުންމީދުތައް ފުރިހަމަކުރެއްވުމަށްޓަކައި ރައީސް ވަނީ އެ ކުއްޖާގެ ބައްޕަގެ ވަޒީފާ، ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރައްވާފައި. އެމަނިކުފާނަކީ ޢާއިލާއަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެއްކަން މިކަމުންވެސް ހާމަވެގެން ގޮސްފި.
637 ދުވަސް ކުރިން - 15:31
ކަނޑުހުޅުދޫއަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވޭ.
637 ދުވަސް ކުރިން - 13:55
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ކުންފުނިތަކާއި މާލީ ވަޒީރާއި ޢިމާރާތްކުރުމާ ބެހޭ ވަޒީރާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި.
637 ދުވަސް ކުރިން - 12:39
ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންކަން ސާފުކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށާއި އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޢަމަލީ ގޮތުން ނަތީޖާ ނެރެދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވި.
637 ދުވަސް ކުރިން - 12:34
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ.
637 ދުވަސް ކުރިން - 10:36
ރައީސް ހުށަހެޅުއްވި ޚިޔާލަކީ ކައުންސިލްތަކުގެ ފުލްޓައިމް މަޤާމުތަކަކީ ހަމައެކަނި ރައީސްއާއި ނައިބު ރައީސްކަމުގައި ހަދައި، އެހެން މެންބަރުންނަށް ބައްދަލުވުންތަކަށް ހާޒިރުވާ މިންވަރަކުން އެލަވަންސް ދިނުން.
638 ދުވަސް ކުރިން - 07:35
ރައީސް ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށްޓަކައި މިދިޔަ އަހަރު ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށާއި، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، އިންޖީނުގެތައް ރަނގަޅަށް ނުބަލަހައްޓާތާ އެތައް އަހަރެއް ވެފައި ހުރިކަމަށް.
638 ދުވަސް ކުރިން - 23:12