Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
609 ދުވަސް ކުރިން - 8 ޖެނުއަރީ 2025 10:36
ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ޚުލާސާ

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މި ލޯނަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހުޅުވާލާފައިވާ ލޯނެކެވެ.

މި ލޯނަށް އެދުމަށް ފުރަތަމަ ފުރުޞަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭރު މުއްދަތު ހަމަވިއިރު 39 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. އަދި އޭގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިހާރު ކުރިއަށްދަނީ ޝަރުތުހަމަވާ ފަރާތްތަކާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކަމަށާއި، އެގްރީމަންޓްގައި ސޮއިކުރާ ހިސާބުން،ފެށިގެން ލޯނު ދޫކުރަމުން ގެންދާނެ ކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މިފަހަރު ލޯނުގެ އިތުރު ބުރަކަށް ހުޅުވާލާފައިވާއިރު އިތުރު ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ހަލް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދަކަށް މި ލޯނަށް އެދި ހުށައެޅޭނެއެވެ. އަދި އިންޖީން އެޅުމުގެ މަސައްކަތް ފަށާފައިވާ، 50 ފޫޓަށް ވުރެ ދިގު، އަދި މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުރި އުޅަނދުފަހަރަށް މި ލޯނަށް އެދެވޭނެއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާއި ހަމައަށް ލޯނު ދޫކުރެވޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރުގެ މުއްދަތެއް ދެވޭނެއެވެ.

ސަރުކާރުން ބުނީ މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެ ކަމަށެވެ. މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކުރެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައި ވެސް މި ނިޒާމު ހަރުކުރުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަސްވެރިކަންލޯނު
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އައްބާސް ލަތީފު

609 ދުވަސް ކުރިން - 11:34

މި ސަރުކާރު ދަށޭ މި މީހުން ބުނާނެ. އެކަމު އަބަދު މި ފެންނަނީ މި ސަރުކާރު ރައްޔިތުންނަށް ކަންކަން ކޮއްދޭ މަންޒަރު.

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05