Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުއްޓިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ގެނައުމަށް ރައީސް ނިންމަވައިފި

ހުއްޓިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ގެނައުމަށް ރައީސް ނިންމަވައިފި

އައިޝަތު ރުވާ ރިފްޢަތު
561 ދުވަސް ކުރިން - 8 ޖެނުއަރީ 2025 12:39
ރައީސް ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ކުންފުނިތަކާއި މާލީ ވަޒީރާއި ޢިމާރާތްކުރުމާ ބެހޭ ވަޒީރާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، ހުރިހާ ރަށަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ގދ. ރަތަފަންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތްތައް ހުއްޓިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑު ހިލަ ނުލިބުން ކަމަށެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި، ބަލްކުކޮށް ބޮޑު ހިލަ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

"ބަނދަރުތަކާއި ރަށްގިރުމުގެ މައްސަލައާއި ބިންހިކުމާއި ތޮށިލުމާއި މިހެން ހުރި ކަންކަމަށް ބޭނުންވާ ހިލަ ނުލިބުމުން މަސައްކަތް ހުއްޓިފައި ހުރޭ. އެހެންކަމުން ބޮޑު ހިލަ ގެނައުމަށް އެކަން ކުރާނެ ގޮތްތަކެއް ވަނީ ރާވާފައި. ފައިސާވެސް ވަނީ ހަމަޖައްސާދީފައި." ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ކުންފުނިތަކާއި މާލީ ވަޒީރާއި ޢިމާރާތްކުރުމާ ބެހޭ ވަޒީރާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށާފައިވާއިރު، އޭގެ ތެރޭގައި ބަނދަރު ހެދުމާއި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ހުއްޓިފައިވަނީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ ސާމާނު ލިބުން ލަސްވުމާއި ނުލިބުމުގެ ސަބަބުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ހައިޝަމް

561 ދުވަސް ކުރިން - 12:44

މީ އަހަރެން ވަރަށް ތާއީދު ކުރާ ކަމެއް. މިކަމުން ގިނަ ފައިދާ ކުރާނެ.

ހަބީބު

561 ދުވަސް ކުރިން - 12:43

ބޮޑުހިލަ ކިތަންމެ ގެނެޔަސް ރަނގަޅު ކޮންޓްރެކްޓަރުން ނުތިބޭ ތި މަސައްކަތް ކުރާކަށް.

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

9 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

16 ގަޑިއިރު ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38