Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައްޕަ މަތިން ހަނދާންވާ ވާހަކަ ރައީސަށް ދެންނެވުމުން، ރައީސް ވަގުތުން ނެންގެވީ އެކްޝަން

ބައްޕަ މަތިން ހަނދާންވާ ވާހަކަ ރައީސަށް ދެންނެވުމުން، ރައީސް ވަގުތުން ނެންގެވީ އެކްޝަން

އަައިޝަތު ޒީނާ
561 ދުވަސް ކުރިން - 8 ޖެނުއަރީ 2025 15:31
ކުއްޖާގެ އެދުމަށް ބައްޕަ ރަށަށް ބަދަލުކުރުމުން އެ ޢާއިލާއަށް ވަނީ ދިރުމެއް ލިބިގެން ގޮސްފައި. / ފޮޓޯ: ރައީސް އޮފީސް
ކުއްޖާގެ އެދުމަށް ބައްޕަ ރަށަށް ބަދަލުކުރުމުން އެ ޢާއިލާއަށް ވަނީ ދިރުމެއް ލިބިގެން ގޮސްފައި. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުއްޖާގެ އުންމީދުތައް ފުރިހަމަކުރެއްވުމަށްޓަކައި ރައީސް ވަނީ އެ ކުއްޖާގެ ބައްޕަގެ ވަޒީފާ، ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރައްވާފައި. އެމަނިކުފާނަކީ ޢާއިލާއަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެއްކަން މިކަމުންވެސް ހާމަވެގެން ގޮސްފި.

ބޮޑުވަމުން އަންނަ ކޮންމެ ތުއްތު ކުއްޖެއްގެވެސް އުންމީދަކަށް ވާނީ ޢާއިލާއާއެކު ބޮޑުވުމެވެ. މާނައަކީ، ބައްޕައާއި މަންމަ އެ ކުއްޖާ ބޮޑުވަމުން އަންނަ އިރު ގާތުގައި ހުރުމަކީ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ ކަމެއް ކަމެވެ. މިކަމުގައި ކުއްޖާގެ އުފަލާ އެއްވަރަށް އޭގެ ސަބަބުން ކުއްޖާގެ ސިއްޙަތަށާއި، ޚާއްސަކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ހެޔޮ އަސަރެއް ކުރާނެއެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގެ އަތޮޅުތެރޭގެ ރަށް ރަށުގައި އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ފަހިވެފައި ނެތުމުގެ ސަބަބުން، ޢާއިލާގެ ޙައްޤުގައި މަސައްކަތް ކުރުމަށް ގިނަ ފަހަރަށް ޢާއިލާއާ ދުރަށް ދާން ޖެހޭ ކަމެވެ.

މީގެ ސަބަބުން ކުދިންނަށް އެ ކުދިންގެ ބައްޕަ އާންމުކޮށް ފެންނަނީ އަހަރެއްގެ ތެރޭގައިވެސް ވަރަށް މަދު ފަހަރުކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ކުޑަ ކުދިންނަކީ އެ ކުދިންގެ ބައްޕަމެންނާ ވަރަށް އޮޅު ކުދިންނަށް ވާއިރު، މި ޙަޤީޤަތް މި ޤައުމުގައި ބަދަލުކުރަން ވަނީ ޖެހިފައެވެ. މިފަދަ ޙާދިސާއެއް ގެ ހިތާމަ މިއަދު ވަނީ ކުޑަ ކުއްޖަކު ރައީސް އަށްވެސް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ގއ. ކަނޑުހުޅުދޫއަށް ވަޑައިގެންފައެވެ. އެ ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ސަލާން ކުރައްވަމުން ގެންދަވަނިކޮށް ކުޑަ ކުއްޖަކު ރައީސަށް ވަނީ ނޯޓުކޮޅެއް އަރުއްވާފައެވެ. އެ ނޯޓުކޮޅުގައި ލިޔެފައި އޮތީ "ބައްޕަ މަތިން ވަރަށް މިސްވޭ" އެވެ.

Advertisement

Advertisement 1

ރައްޔިތުންނާ ސަލާންކޮށް ނިންމުމަށް ފަހު ރައީސް އަވަސްވެވަޑައިގެންނެވީ އެއީ ކިހިނެތްވާ ކަމެއްތޯ ބެއްލެވުމަށެވެ. އެގޮތުން އެމަނިކުފާނަށް އެނގިވަޑައިގެންނެވީ އެ ކުއްޖާގެ ބައްޕައަކީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ވަޒީފާ އަދާކުރަމުން އަންނަ މީހެއް ކަމެވެ. ރައީސް އަވަސްވެވަޑައިގެންނެވީ އެ ކުއްޖާ ބޭނުންވާ ފަދައިން، ކުއްޖާގެ ބައްޕަ އަވަހަށް ކުއްޖާގެ ގާތަށް ގެނައުމަށެވެ.

ކުއްޖާގެ އުންމީދުތައް ފުރިހަމަކުރެއްވުމަށްޓަކައި ރައީސް ވަނީ އެ ކުއްޖާގެ ބައްޕަގެ ވަޒީފާ، ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރައްވާފައެވެ. މިއީ ރައީސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެ ކުއްޖާގެ ޙައްޤުގައި ކޮށްދެއްވި މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ކުއްޖާގެ އެދުމަށް ބައްޕަ ރަށަށް ބަދަލުކޮށްދިނުމުން ރައީސް އަށް ޝުކުރު ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުއްޖާގެ ބައްޕަ ރަށަށް ބަދަލުކުރާކަން އެނގުމުން ނުތަނަވަސް ވެފައި ތިބި އެ ޢާއިލާއަށް ވަނީ ދިރުމެއް ލިބިފައެވެ. އަދި ބައްޕައަށް މަރުޙަބާ ކިޔުމަށްޓަކައި ޢާއިލާއިން ވަނީ ބަނދަރު ސަރަޙައްދަށް ނުކުމެފައެވެ.

ކުއްޖާގެ ބައްޕަ ރަށަށް ފޭބުމާއެކު، ކުއްޖާ ވަނީ ގޮސް ބައްޕަ ގައިގައި ބައްދާލާފައެވެ. އެ ވަގުތުކޮޅަކީ ޢާއިލާއަށް ވަރަށް އުފާވެރި އިޙުސާސްތަކެއް ކުރުވި ވަގުތުކޮޅެއް ކަމަށް އެ ޢާއިލާއިން ފާހަގަކުރިއެވެ. އުފާވެރިކަމުގެ ކަރުނައާއެކު ކުއްޖާއާއެކު ކުއްޖާގެ ބައްޕަ ވަނީ ރައީސް ކޮށްދެއްވި މި މަސައްކަތްޕުޅަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

24 ރިއެކްޝަންސް / 15 ކޮމެންޓް

0%
0%
0%
0%
0%

ސިމްކޮ

560 ދުވަސް ކުރިން - 21:40

. ބައްޕަ ޔަކު ކާރީގައި ހުރެ ދަރިން ބޮޑެތި ވާނަމަ އެއީ ވެސް ހާދަ ބޮޑު ޓިއުމަރެއް ދަރިން ތަރުބިއްޔަތުކުރުން ދެމީހުން ގެ ޒިންމާ ނަގާނެ ގިނަފަހަރު

ޯިދިހަ

561 ދުވަސް ކުރިން - 00:53

ާއަބި ދަރިން ކައިރީ ތިއްބާ ވަޒީފާއިން ވަކިކުރީ ވެސް ހުސް ދޮގާ މަކަރުން އުޅެނީ

ސާތާނު

561 ދުވަސް ކުރިން - 00:00

ވަލު ޖަނަވާރަށްވެސް ކާންދޭ މީހާ ވަކިކުރެން އެގޭ

ޙެހެ

561 ދުވަސް ކުރިން - 22:46

ބަލަ މާލޭގައި ކިތައް ފުލުހުން ސިފައިން އެބަތިބި އާއިލާ ގާތަށް އަހަރު 1 ފަހަރު ދެވޭ ، އެ އެންމެނަށް އެފުރުޞަތު ނުދެވެންޏާ ތީ ބޭއިންސާފެއް ނޫންތޯ

އިސްފާ

561 ދުވަސް ކުރިން - 20:28

ކުޑަކުއްޖަކަށް ނުވުމުން ކައްޒާބުގެ ހެޔޮކަން ނުފެނިފައި އެބަހުރީމެވެ.. **އެހެންވީމާ އެކުޑަކުދިން ކަލޯއަށް ވޯޓުދޭނެތާއެވެ…

ކާފު

561 ދުވަސް ކުރިން - 20:24

މިކަމަކީ ރައީސް ކުރެއްވި ކަމެއް ނަމަވެސް މިކަމަކީ ވަރަށް ދެރަވަރު ކަމެއް. ފުލުހުންނަކީ އެވަގުތަކަށް އެމީހެއްގެ ބޭނުން އެއްމެ ބޮޑަށް ޖެހޭތަނެއްގައި މަސައްްކަތްކުރަންޖެހޭ ބައެއް. މިގޮތަށް ކަރުދާސްކޮޅަށް އެކްސަން ނަންގަވާނަމަ މިފަދަ އެތަށް ކަރުދާހެއް ރައީސް އަތަށް އަރާނެ. ޥަގުތުން އެކްސަން ނަންގަވާނެތޯ؟

މުކި

561 ދުވަސް ކުރިން - 19:42

ޙަޖަމް ކުރަން ދަސްކޮށްބާ

ޏަމްނަ

561 ދުވަސް ކުރިން - 19:20

ތި ހަމަ ކޮރަޕްޝަން މުޅި ރަށުގަ ތި ޢަައިލާ

ދެރަވަރު

561 ދުވަސް ކުރިން - 18:48

11 އަހަރުވީ ވަޒީފާ މި ސަރުކާރު އައީމަ ގެއްލުނީ އަޅުގަޑުގެވެސް 3 ކުދިން ތިބޭ ތިހާ ހެޔޮފުޅުނަމަ ވަޒީފާ އަކުން ކަނަޑާ ނުލާނެ ތާ ދޯ. ހަމަ ހުސް އެކްޓް ތި ކުރަނީ …

ބައްޕަ

561 ދުވަސް ކުރިން - 18:46

މީ ރަނގަޅުކަމެއް އެކަމަކު މީ މި5އަހަރުތެރޭ ސަރުކާރުން ކުރި މޮޑުކަމެއްގެ ގޮތުގަ ހިމެނޭނެ ކަމަކައް މަނުދެކެން އެވާހަކަ ބުނެލީ

ނަޖުމީނު

561 ދުވަސް ކުރިން - 18:40

ކިހާ ރަނގަޅު ހިތްހެޔޮ ރައީސެއް ❤️

ަަސަލާމަތް

561 ދުވަސް ކުރިން - 18:06

އަޖައިބު ތިޕޮލޮސް އެކަނިތޯ ތިހެން ދިމާވެފައިހުރީ. ކޮބައިތޯ ރެސޯޓުތަކާއި ފުރާދުއްވާ އުޅަނދާއި އަމިއްލަ ކުންފުނިތަކުގައި މާލޭގައި ވަޒީފާއަދާކުރަންއުޅޭ މީހުން އުޅެނީ މާކުޑަ މަދު ފައިސާކޮޅަކުން އަމިއްލައަށް ކެއިންބުއިމާއި ހުރުމުގެ ކަންތައް ހަމަޖައްސައިގެން. އެމީހުންގެ ދަރިން ކޮންމެދުވަހަކު ގުޅާފަ ރޮއޭ. ބޭނުންތައްވެސް ނުފުދޭ.

މުޙައްމަދު

561 ދުވަސް ކުރިން - 18:01

ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއްކަމަކީ މެންޓަލް ހެލްތު. ވަޒީފާގެ މާޙައުލުގައި ކިތަންމެ ރަނގަޅަށް ޒިންމާ އަދާކުރި ކަމުގައި ވިނަމަވެސް، ސިޔާސީ އަޅުވެތިކަމެއްގެ ތެރޭގައި އަބަދުމެ މަސައްކަތް ކުރަންޖެހޭކަމީ، ދުޅަހެޔޮ މުޖުތަމަޢަކަށް ހުރި އެންމެ ބޮޑު ގޮންޖެހުން. މިކަމަށް ޙައްލުގެނެސްދެއްވުން ރައީސަކަށް މުޖުތަމަޢަށް ކޮށްދެވޭނެ، އެއްމެ މުހިންމި ކަންކަމުގައި ދެކެން.

އައިތު

561 ދުވަސް ކުރިން - 17:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ޝުކުރިއްޔާ

އޒ

561 ދުވަސް ކުރިން - 16:38

ހުރިހާމީހުންނައްތިކަހަލަފުރުސަތުތައްދެވެންޏާރަނގަޅު ސިޔާސީގޮތުސުޓަންޓުނުޖައްސާކޮއްދެވޭނެބާ

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

8 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

15 ގަޑިއިރު ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38