ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު ގއ. ނިލަންދޫއަށް ވަޑައިގެންނެވުމުން ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ރަތަފަންދޫއަށެވެ. ދެން ވަޑައިގަތީ ގއ. ކަނޑުހުޅުދޫއަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ނިލަންދޫއަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.