އަޝްރަފް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސްވެރިންގެ ޙައްޤުގައި މަސައްކަތް ނުކުރާ ވަރަށް ރައީސް މުޢިއްޒުގެ ސަރުކާރުން މިވީ ދުވަސްކޮޅުގެ ތެރޭގައި ކޮށްފައިވާ ކަމަށް.
638 ދުވަސް ކުރިން - 22:44
ފިޔޯރީގެ މި މަޝްރޫޢަށް 50 ނުވަތަ 75 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭ. އެއްބަސްވުމުގައި ސޮއި ކުރާތާ ދެމަސްވަރު ފަހުން ކާރުޚާނާގެ ޢަމަލީ މަސައްކަތް ފަށާނެ.
638 ދުވަސް ކުރިން - 22:35
ރައީސް ވިދާޅުވީ މިއީ ވަރަށް ބޮޑު މަސައްކަތެއް އަދި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ޙައްލުނުވެ އޮތް މައްސަލައެއް ނަމަވެސް އެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓް ޙާސިލްކުރައްވާނެ ކަމަށް.
638 ދުވަސް ކުރިން - 22:30
މުޖުތަމައުގައި ފެންނަ ގޯސްކަންތައްތަކަށް "ނޫނެކޭ" ބުނުމުގެ ހިތްވަރު ރައްޔިތުންގެ ކިބައިގައި އޮންނަންޖެހޭ ކަމަށާއި އަދި ޒަމާންތަކެއް ވަންދެން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި.
638 ދުވަސް ކުރިން - 20:40
ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރަށުގެ ޙާލަތާއި ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނި.
638 ދުވަސް ކުރިން - 18:19
ރައީސް ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާޙުގެ ދަށުން މިހާރު އ.ތ.މ ކުރާ ކޮމިޓީގެ މެންބަރުންނަށް ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ދެވިގެންދާނެ ކަމަށް.
638 ދުވަސް ކުރިން - 17:51
ރައީސް ވިދާޅުވީ މި މަހު ތަންފީޒް ކުރަން ފަށާ ބަޖެޓުގެ ތެރެއިން، އެންމެ އިސްކަމެއް ދޭ އުމްރާނީ ތަރައްޤީގެ މަސައްކަތަކަށް ވާނީ ވާދޫގައި ހަދަން ޖެހޭ މައި މަގުތައް ހަދައިދިނުން ކަމަށް.
638 ދުވަސް ކުރިން - 17:30
އާ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫޢުގެ ތެރެއިން ޙައްލެއް ގެނެވޭނޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި.
638 ދުވަސް ކުރިން - 15:22
ހޯނޑެއްދޫގެ އިޚްތިޞާޞްގެ ތެރެއިން، ރަށަށް މަންފާ ލިބޭގޮތަށް ފަޅުރަށެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވި.
638 ދުވަސް ކުރިން - 13:37
ރައީސް ނަޑެއްލާއަށް ވަޑައިގެން، އެރަށުގެ ކައުންސިލާއި އަތޮޅު ކައުންސިލް އަދި އުކުޅަހު ކައުންސިލާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައިވޭ.
638 ދުވަސް ކުރިން - 13:31
ނިމިދިޔަ އަހަރު އިޤްތިސާދީ އަޑިގުޑަން ތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށާއި އަދި މަޖިލިސް މެމްބަރުން ފާސްކުރެއްވި ބަޖެޓުން މަބަޖެޓުން މަޝްރޫއުތައް ފެށުމުގެ އަމަލީ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެކަމަށް ރައީސް ވިދާޅުވި.
638 ދުވަސް ކުރިން - 13:14
ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށާއި ކައިރި ފަޅުރަށްތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް.
638 ދުވަސް ކުރިން - 12:59