Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާމެންދޫ ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

މާމެންދޫ ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

އައިޝަތު ރުވާ ރިފްޢަތު
563 ދުވަސް ކުރިން - 8 ޖެނުއަރީ 2025 18:16
ރައީސް މާމެންދޫއަށް ވަޑައިގަތުން/ ފޮޓޯ: ޚުލާސާ
ރައީސް މާމެންދޫއަށް ވަޑައިގަތުން/ ފޮޓޯ: ޚުލާސާ
ޚުލާސާ

މިއަދުގެ ހަތަރު ވަނަ ރަށަށް ގއ. މާމެންދޫ އަށް ވަޑައިގެންނެވުމުން އެރަށު ކުދިބޮޑު ވަރަށް ގިނަ ބަޔަކު ނުކުމެ ރައީސަށް މަރުޙަބާ ދެންނެވި..

ރައީސުލްޖުމްހޫރިއްޔާ މިހާރު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެންމެ އެއަތޮޅު މާމެންދޫ އަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މާމެންދޫއަކީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ހަސަން ޢަލީގެ އިތުރުން ހޯމް މިނިސްޓްރީގެ އަޝްރަފް ޢަލީ (މަޝްހޫތު ޅެންވެރިޔާ) ވެސް ނިސްބަތްވާ ރަށެވެ.

ރައީސް މާމެންދޫއަށް ވަޑައިަގަތުމުން އެ ރަށުގެ ކުދި ބޮޑު އެންމެން ވަނީ އެމަނިކުފާނަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފައިއެވެ.

Advertisement

Advertisement 1

މިއަދު އެންމެ ފުރަތަމަ ރަތަފަންދޫއަށް ވަޑައިގެންފައިވާއިރު އެރަަށްފަހު ރައީސް ވަނީ އިތުރު 2 ރަށަކަށް ވަޑައިގެންފައެވެ. އެއީ ކަނޑުހުޅުދޫ އަދި ނިލަންދޫއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މީގެ ކުރިން ހުވަދޫ އަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށް ވަޑައިގެންފައެވެ. އެއީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ އަދި ފިޔޯރީގެ އިތުރުން ރަތަފަންދޫއެވެ.

އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ވެސް އޮޅުން ފިލުއްވައި، އެކަންކަމަށް ޙައްލު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސްގެ މިފަހަރުގެ އެންމެ ފަހު ރަށެއްގެ ގޮތުން މާދަމާ ވަޑައިގަންނަވާނީ ދެއްވަދޫއަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހުވަދޫ އަތޮޅުގއ. މާމެންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

2 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

3 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

19 ގަޑިއިރު ކުރިން - 20:04