އެމްޑީޕީ ސަރުކާރުގެ ދޯހަޅިކަމުން ކުރިމަތިވި އުނދަގޫ ހާލަތްތަކުން މަސްވެރިންނަށް އަދިވެސް އަރައި ނުގަނެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި
398 ދުވަސް ކުރިން - 19:21
މިކަމުން ވެސް އެނގިހާމަވެގެން މިދަނީ ރައީސް މުއިއްޒު އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫންކަމަށް މިނިސްޓަރު ޝިޔާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި.
417 ދުވަސް ކުރިން - 14:51
މިއީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔަ އާދަޔާ ހިލާފު ޑިމޮކްރެޓިކް ރީތި ސިފަފުޅެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، މިކަމުންވެސް ލާމަރުކަޒީ ނިޒާމަށް މިހާރު ޖާގަދެވިފައިވާ މިންވަރު ހާމަވެގެންދާކަމަށް.
446 ދުވަސް ކުރިން - 13:11
އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.
494 ދުވަސް ކުރިން - 21:35
ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ގާނޫނާ ހިލާފު މަސްވެރިކަން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްް މަސްވެރިކަމުގެ ދާއިރާއަށް ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ.
494 ދުވަސް ކުރިން - 12:36
އދ. ގެ އޯޝަން ކޮންފަރެންސްގައި ތަގުރީރުކުރައްވަމުން ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އަދި އެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށް.
524 ދުވަސް ކުރިން - 23:08
ފިޝަރީޒް މިނިސްޓްރީން ބުނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް, މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް ދެއްވާފައިވާ ކަމަށް.
524 ދުވަސް ކުރިން - 18:06
ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ، ދިވެހިންގެ ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ ނިއުމަތެއްކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.
525 ދުވަސް ކުރިން - 08:25
ފްރާންސްގެ ނީސްގައި މި މަހުގެ 9 އިން 13 އަށް ކުރިޔަށްދާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުއެޅުން.
527 ދުވަސް ކުރިން - 03:21
މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެއް. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރޭ.
627 ދުވަސް ކުރިން - 15:27
މި މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް. މި މަޝްރޫޢުގެ ދަށުން ބަނޑިދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރެވޭނެ.
630 ދުވަސް ކުރިން - 14:30
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބީއޯބީޕީ-އައިޖީއޯގެ 13 ވަނަ ބައްދަލުވުމުގައި ކުރައްވައިފި.
632 ދުވަސް ކުރިން - 19:18