Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ދެއްކެވީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލު: ޝިޔާމް

ރައީސް ދެއްކެވީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލު: ޝިޔާމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
328 ދުވަސް ކުރިން - 27 އޯގަސްޓް 2025 13:11
ރައީސް މުއިއްޒު އަދި މިނިސްޓަރު ޝިޔާމް. ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލުކަމަށް: ފޮޓޯ/ އިންޓަނެޓް---
ރައީސް މުއިއްޒު އަދި މިނިސްޓަރު ޝިޔާމް. ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލުކަމަށް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިއީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔަ އާދަޔާ ހިލާފު ޑިމޮކްރެޓިކް ރީތި ސިފަފުޅެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، މިކަމުންވެސް ލާމަރުކަޒީ ނިޒާމަށް މިހާރު ޖާގަދެވިފައިވާ މިންވަރު ހާމަވެގެންދާކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ކުޅުދުއްފުއްށި ސިޓީއަށް ވަޑައިގެން އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ފެނިގެން ދިޔައީ ޑިމޮކްރެޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލު ކަމަށް މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިމޭރުމުން ވިދާޅުވެފައިވަނީ އެކްސްގައި ހިއްސާކުރެެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ޝިޔާމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފަކީ ރައީސްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަން ކަނޑައެޅިގެން އެނގިވަޑައިގަންނަވާ ހާލުގައިވެސް، ރާއްޖޭގައި ވެރިކަންކުރެއްވި އެހެން ރައީސުންނާ ހިލާފަށް ރައީސް މުއިއްޒު ވަނީ، މޭޔަރަށް ޕޯޑިއަމުން ވަގުތުގެ ލިމިޓޭޝަނެއް ކަނޑައެޅުއްވުމެއްނެތި، ވާހަކަދައްކަވަން ފުރުސަތު ދެއްވާފައި ކަމަށެވެ.

މިއީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔަ އާދަޔާ ހިލާފު ޑިމޮކްރެޓިކް ރީތި ސިފަފުޅެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، މިކަމުންވެސް ލާމަރުކަޒީ ނިޒާމަށް މިހާރު ޖާގަދެވިފައިވާ މިންވަރު ހާމަވެގެންދާކަމަށެވެ.

Advertisement

Advertisement 1

ޝިޔާމް ވަނީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނައިފަރަށް ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައި، އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދަކީ ސިޔާސީގޮތުން ހިޔާލު ތަފާތު ބޭފުޅަކަށްވީތީ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވި ދުވަހުގެ ހާދިސާއަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ފުރުސަތުދެވޭ ވެރިކަމެއްކަން ހާމަވެގެންދާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު މިހާރު ރައްޔިތުންނާ ގާތަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމޭއިރު، އެމަނިކުފާނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒައާމަތުގެ ފުރަތަމަ ދެ އަހަރުތެރޭ މަދުވެގެން ދެ ފަހަރަށް ޒިޔާރަތްކުރެއްވޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅު ނިމޭއިރު، ދިވެހި ތާރީހުގައި ފަސް އަހަރުގެ ޒައާމަތެއްގައި ކުރިޔަށް ގެންދެވޭ އެންމެ ގިނަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހުންނާނީ ފެށިފައިކަމަށްވެސް ޝިޔާމް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

18 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

23 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

7 ދުވަސް ކުރިން - 11:20