Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މީކާއީލް ހެއްދެވީ ދޮގު، މަހުގެ ޓެރިފް ކުޑަކުރަން އިނގިރޭސި ވިލާތާއެކު ކުރާ މަޝްވަރާތަށް ހުއްޓައެއް ނުލާ: ޝިޔާމް

މުހައްމަދު ޖަމްޝަތު
374 ދުވަސް ކުރިން - 14 އޮކްޓޫބަރު 2025 19:21
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް---ފޮޓޯ: ޚުލާސާ
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް---ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްޑީޕީ ސަރުކާރުގެ ދޯހަޅިކަމުން ކުރިމަތިވި އުނދަގޫ ހާލަތްތަކުން މަސްވެރިންނަށް އަދިވެސް އަރައި ނުގަނެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި

ރާއްޖެ-ޔޫކޭ ފްރީޓްރޭޑް އެގްރީމަންޓުގެ ދަށުން އެގައުމަށް ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ކުޑަކުރުމުގެ މަޝްވަރާތަށް ހުއްޓާލައިފިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހައްދަވަނީ ދޮގެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޔޫކޭ އެފްޓީއޭއާ ގުޅޭގޮތުން މީކާއިލް މިއަދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭން ބާނާ ކަޅުބިލަމަހާއި ކަންނެލި އިނގިރޭސިވިލާތަށް އެތެރެކުރުމަށް ނަގާ ޓެރިފް ކަނޑާލުމާގުޅޭ ގޮތުން މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި އަދި، ރައީސް އިނގިރޭސިވިލާތަށް ވަރަށް ފަހުން ކުރެއްވި ދަތުރުފުޅަކީ އެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.

https://x.com/Shiyamaldives/status/1978012581525922225

Advertisement

Advertisement 1

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ޔޫކޭ އެފްޓީއޭ އާ ގުޅޭގޮތުން މީކާއިލް ނަސީމް ވަނީ އިކޮނޮމިކް މިނިސްޓަރު ސައީދު އާވެސް ސުވާލުކުރައްވައިފަ އެވެ. އެގޮތުން ޔޫކޭ އަށް ބޭރުކުރާ ކަނޑުމަހުގެ ޓެރިފް 20 އިންސައްތައަށް ދަށްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށާއި މިއަހަރު އެ އެއްބަސްވުމަށް އަމަލުކުރަން ނިންމާފައިވާއިރު، އެކަންތައް އޮތީ ކިހާ ހިސާބަކުތޯ މީކާއިލް ސުވާލު ކުރެއްވި އެވެ.

ނަމަވެސް މެމްބަރުގެ މައުލޫމާތު ސައްހަ ނޫން ކަމަށާއި މަހުގެ ޓެރިފް 20 އިންސައްތައަށް ކުޑަކުރަނ ޔޫކޭއިން ނިންމީ 2016 ގައި ކަމަށާއި މި އަހަރު އެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެކަމަށް އެގައުމުން ދިވެހި ދައުލަތަށް އަންގާފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް މަޖިލީހުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން 2025 ވަނަ އަހަރު ފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މައުލޫމާތު މިމިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތް،" ސައީދު ވިދާޅުވި އެވެ.

އޭގެ ފަހުން މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ޔޫކޭ އެފްޓީއޭގެ މަޝްވަރާތައް ހުއްޓާލައިފިކަން މިނިސްޓަރު ސައީދު ޔަގީންކޮށްދީފި ކަމަށާއި މި ސަރުކާރުގައި މަހުގެ ޑިއުޓީ ކުޑަވާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

މީކާއިލްގެ އެ ޕޯސްޓަށް ރަށްދު ދެއްވަމުން މިނިސްޓަރު އެކްސްގައި ވިދާޅުވީ ކާއިލް އަދިވެސް އެ ހައްދަވަނީ ދޮގު ކަމަށާއި އެންމެ ފުރަތަމަ ކުރި ސުވާލުގައި ވެސް ހުރީ ދޮޮގު މައުލޫމާތު ކަމަށެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލުގެ ޖަވާބުގައި ދެއްވާފައި ހުންނާނީ ސައްހަ މައުލޫމާތު ކަމަށާއި ސުވާލުގެ ޖަވާބު ދެއްވުމުން ވެސް ދޮގު ހައްދަވައިގެން ޓްވީޓް ކުރެއްވުމުން މެންބަރު ހައްދަވާފައިވާ ދޮގު ފޮރުވަން އުޅޭކަން ހާމަވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމްމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވައިފި

މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވައިފި

20 ގަޑިއިރު ކުރިން - 13:31

ކަނޑަށް ތެޔޮ އެޅިގެން ޔޫއޭއީގެ ބައެއް ބީޗުތައް ބަންދުކޮށްފި!

ކަނޑަށް ތެޔޮ އެޅިގެން ޔޫއޭއީގެ ބައެއް ބީޗުތައް ބަންދުކޮށްފި!

20 ގަޑިއިރު ކުރިން - 13:30

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

4 ދުވަސް ކުރިން - 13:39

ރާއްޖޭގައި ހަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

ރާއްޖޭގައި ހަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

9 ދުވަސް ކުރިން - 13:57

"މާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ"

"މާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ"

10 ދުވަސް ކުރިން - 12:21

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

10 ދުވަސް ކުރިން - 11:07