ނޫސްވެރިކަން ކުރިއަރުވަން ރައީސް ކުރައްވާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް ބަލައިގަނެފި: ޝިޔާމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2025 14:51
މިނިސްޓަރު ޝިޔާމް: ފޮޓޯ/ އިންޓަނެޓް---
މިނިސްޓަރު ޝިޔާމް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިކަމުން ވެސް އެނގިހާމަވެގެން މިދަނީ ރައީސް މުއިއްޒު އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫންކަމަށް މިނިސްޓަރު ޝިޔާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި.

ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން ބަލައިގަނެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވެފައިވަނީ އޭނާގެ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް މިއަދު ބަލައިގަނެފަ އެވެ.



"މިކަމުން ވެސް އެނގިހާމަވެގެން މިދަނީ ރައީސް ޑރ. މުއިއްޒު އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫންކަން." --- މިނިސްޓަރު ޝިޔާމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ޒިންމާދާރު މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވަނީ ފުރިހަމަ ސިޔާސަތުތަކެއްކަން ދައްކުވައިދޭ އަލިގަދަ ހެއްކެއްކަމަށް ވެސް މިނިސްޓާރު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%