ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓު ކުރިކަމަށް ބުނެ ފަތުރާ ޚަބަރު ދޮގުކޮށްފި

އަައިޝަތު ޒީނާ | 8 ގަޑިއިރު ކުރިން - 10 ޖުލައި 2025 21:35
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.

ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓު ކުރިކަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގު ޚަބަރެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔޫރަަޕުންނާ ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފައިވަނީ އޮޑިޓަކުން ފެއިލްވެެގެން ކަމަށް ބުނެ ދޮގު ޚަބަރު ފަތުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްގައްޔޫމް ހިންގާ ޗެނަލް 13 އިންނެވެ.

އެ ޚަބަރާ ގުޅޭގޮތުން ވަޒީރު ޝިޔާމް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.

”އަޅުގަނޑަށް އެނގިގެން އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އެބައާދޭ.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށެވެ. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ ޢާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފް މިފަދަ މަޢުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓު ކުރިކަމަށް ބުނާ ޚަބަރު މިފްކޯއިންވެސް ވަނީ ދޮގުކޮށްފައެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޚަބަރު ފެތުރުމުގެ ކުރިން އެ ޚަބަރެެއްގެ ސައްޙަކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%