Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ: ވަޒީރު ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
524 ދުވަސް ކުރިން - 9 ޖޫން 2025 08:25
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް
ޚުލާސާ

ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ، ދިވެހިންގެ ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ ނިއުމަތެއްކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.

މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ، ދިވެހިންގެ ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. އަދި ޒަމާނުންސުރެ ދިވެހިންނަކީ ކަނޑުގެ ވެއްޓާއި ރައްޓެހި ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ބައެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރާ ކަމަށާއި އޭގެ ނަތީޖާއަކީ، ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކުރާ މަސްވެރިކަމަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވަޒީރު ގޮވާލެއްވީ މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައިވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ ކަމަށެވެ. އަދި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިޤްތިޞާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ "ޔޫއެން ޑެކޭޑް އޮފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަނޑު، ފަޅާއި، ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާގުޅޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތަޢާރުފުކުރުން ފަދަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާޢަތްތައްކަމުގައިވާ މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށެވެ.

"މިއީ، ކަނޑުގެ މާހައުލު ބެލެހެއްޓުމާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުތައް އެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވާނެކަމާމެދު ޝައްކެއް ނެތް" ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މެރިކަލްޗާ ދާއިރާ ތަރައްގީކުރަން މީހުން ބިނާކުރުން މުހިއްމު: ވަޒީރު ޝިޔާމް

މެރިކަލްޗާ ދާއިރާ ތަރައްގީކުރަން މީހުން ބިނާކުރުން މުހިއްމު: ވަޒީރު ޝިޔާމް

2 ދުވަސް ކުރިން - 21:13

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

26 ދުވަސް ކުރިން - 13:39

ލ. އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ. އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ދުވަސް ކުރިން - 19:06

ފަރުމަސް އާލާކުރުމުގެ ފަންނީ ހުނަރު އުނގަންނައިދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފަރުމަސް އާލާކުރުމުގެ ފަންނީ ހުނަރު އުނގަންނައިދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

42 ދުވަސް ކުރިން - 11:00

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

53 ދުވަސް ކުރިން - 21:47

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

69 ދުވަސް ކުރިން - 10:19