މި އޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ހަތް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި.
650 ދުވަސް ކުރިން - 18:40
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވަނީ އާންމު ސަރަޙައްދުތަކުގައި ބިދޭސީން ހިންގާ ޤަވާޢިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އިމިގްރޭޝަނުން ފެށި މަސައްކަތުގެ ތެރެއިން، މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްގެން.
651 ދުވަސް ކުރިން - 19:07
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް.
654 ދުވަސް ކުރިން - 15:41
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ އޮފިސަރުން އެ މީހުން އަތުލައިގަތީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށް.
654 ދުވަސް ކުރިން - 15:38
ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައި.
655 ދުވަސް ކުރިން - 21:11
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް އެތަނުން އެކަކު މިމަހު 17 ވަނަ ދުވަހު ވަނީ ޑީޕޯޓުކޮށްފައި.
656 ދުވަސް ކުރިން - 14:40
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދާ ތަނެއް، އެ އިދާރާގެ ޓާސްކު ފޯހުން އިއްޔެ އާއި މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށް.
658 ދުވަސް ކުރިން - 21:16
އިމިގްރޭޝަނުން ބުނީ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވެ، އެޕްރޫވަލް ލިބޭ ބޭރުގެ ހާފިޒުންނާއި ގާރީންނަށް، ރާއްޖެ އަންނަ ދުވަހުން ފެށިގެން 45 ދުވަހުގެ "ސްޕެޝަލް ވިސާ" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް.
658 ދުވަސް ކުރިން - 21:06
ފަހަކަށް އައިސް އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަކުރެވިފައި ވާތީ، މި ފިޔަވަޅު އަޅަން ޖެހުނު ކަމަށް އިމިގްރޭޝަނުން ހާމަކުރި.
659 ދުވަސް ކުރިން - 11:47
މި ޚިދުމަތް ލިބޭނީ ވެލާނާގޭގައި ހުންނަ އިމިގްރޭޝަން އޮފީހުންނާއި ހުޅުމާލެ ފޭސް 1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް-2 ގައި ހުންނަ ވިނަރެސް 2 ބިލްޑިންގގެ ފުރަތަމަ ފަންގިފިލާއިން.
660 ދުވަސް ކުރިން - 17:18
ބުދަ ދުވަހު ފެށި މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ވަނީ ފާހަގަކުރެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ..
660 ދުވަސް ކުރިން - 16:42
ރާއްޖެއިން ދިން ވީސާ އާއި ޚިލާފަށް، ހިންދޫ ދީނުގެ ރޫޙާނީ ފަރުވާ ދެމުންދާ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ 3 މީހުން. މި މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
662 ދުވަސް ކުރިން - 15:33