ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގައި އިމިގްރޭޝަނުން ކުރިން ފާސްކޮށްފައިވާ ތަންތަން އަލުން ފާސްކުރަން ފަށައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ޓާސްކުފޯހުން މިދިޔަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި ކަމަށެވެ. މިގޮތުން ބުދަ ދުވަހު ފެށި މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ވަނީ ފާހަގަކުރެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި. އެގޮތުން އިއްޔެ ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން… pic.twitter.com/YhmNYtTIqm

— Maldives Immigration (@ImmigrationMV)
އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
އިމިގްރޭޝަނުން ބުނީ، މި މަސައްކަތުގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމަޢު ރައްކާތެރިކޮށް، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.