ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ވިއެޓްނާމްގެ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި 5 މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނެކެވެ. އެޖެންޓާއި 3 އަންހެނުން ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ބުނީ މި 5 މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ ޚާއްޞަ އޮޕަރޭޝަންތަކެއްގެ ތެރެެެއިން ކަމަށެވެ.
މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެތެރެއިން އެކަކު މިމަހުގެ 17 ވަނަ ދުވަހު ޑީޕޯޓްކޮށްފައިވާ ކަމަށާއި، ބާކީ ތިބި 4 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.









