މާލެ ސަރަހައްދުގައި ދެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓް ލިބޭނެ ކަމަށް އިމިގެރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، މާލެ ސަރަޙައްދުގައި އިމިގްރޭޝަންގެ ތިން އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ (ޖަނަވަރީ 25)އިން ފެށިގެން ޕާސްޕޯޓު ލިބެން ފަށާއިރު، މި ޚިދުމަތް ލިބޭނެ ތަންތަނަކީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ އާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 2 ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ އިތުރުން މާލޭގައި ހުންނަ އިމިގްރޭޝަން ހެޑް އޮފީސް ނުވަތަ ވެލާނާގެ ފުރަތަމަ ފަންގިފިލާއިންނެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ހެދުމަށް ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.









