ހުޅުމާލޭ ހިޔާ ފްލެޓްގެ އެޗް5 ޓަވަރުގެ 13 ވަނަ ބުރިން މިރޭ 1:30 ހާއިރު 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވެއްޓި މަރުވެއްޖެ.
703 ދުވަސް ކުރިން - 07:59
އަލިފާން ރޯވީ ހުޅުމާލޭގައި ހުންނަ އޮފީސް އިމާރާތް ކަމަށްވާ އުމަރު ޒާހިރު ބިލްޑިން ކައިރީގައި ހުންނަ އިމާރާތެއްގަ.
706 ދުވަސް ކުރިން - 13:57
އެޗްޑީސީން ކުރިން އެ ފުރުސަތު ހުޅުވާލީ އިއްޔެގެ ނިޔަލަށް. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފަދީފައި.
709 ދުވަސް ކުރިން - 13:55
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ދިން ބިންތަކަށް އެ ކުންފުންޏަށް 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ އިރު މިހާތަނަށް އޭގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށް.
712 ދުވަސް ކުރިން - 14:11
ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފަ.
714 ދުވަސް ކުރިން - 17:12
2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖައްސައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 7 އެނދުން 14 އެނދަށް ބޮޑުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކޮށްފި.
728 ދުވަސް ކުރިން - 21:07
އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އިންޓެންސިވް ކެއަރ ޔުނިޓު، ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓު އަދި ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓް ފަދަ މުހިންމު ވަސީލަތްތައް ޤާއިމްކުރެވި، ހުޅުމާލެ ހޮސްޕިޓަލް ހުޅުވައިފި.
730 ދުވަސް ކުރިން - 23:43
ހުޅުމާލޭ ރާކަނި ބީޗްގައި ހިނގި މާރާމާރީއަކާއި ގުޅިގެން 41 އަހަރުގެ ފިރިހެނަކު ހައްޔަރުކުރުމަށްފަހު ކޯޓުން ދޫކޮށްލީ ޝަރުޠު ކޮށްފަ.. ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާއިރު. ފުލުހުން ދަނީ މައްސަލަ ތަޙްޤީޤުކުރަމުން..
730 ދުވަސް ކުރިން - 17:21
ވެމްކޯގެ މުވައްޒަފުން ހުޅުމާލެ ފޭސް 2 އާއި ވިލިމާލޭގެ ފަރުކޮޅުފުށި ބީޗް ސާފުކޮށްފި. 5 ޓަނަށްވުރެ ގިނަ ކުނި އެއްކުރެވުނު. މިއީ ސާފު ވެއްޓެއް ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް
730 ދުވަސް ކުރިން - 06:43
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކުމަށް ހުޅުވާލައިފި. ބީޗް ފްރަންޓުން 2 ބިމާއި ބީޗް ސައިޑުން 6 ބިން ހިމެނޭ.
731 ދުވަސް ކުރިން - 00:07
ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައި، ހުޅުމާލެ ހޮސްޕިޓަލްވެސް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ސަރުކާރުން ނިންމައިފި. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
734 ދުވަސް ކުރިން - 19:01
އެކްސިޑެންޓުތައް ގިނަވެ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ޚާއްސަ ސަމާލުކަމެއް އެޗްޑީސީއިން ދަނީ ދެމުން. ރައްކާތެރި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ހަދާ ބައެއް ސަރަހައްދުތަކުގައި ރައުންޑަބައުޓް ވަނީ ގާއިމްކޮށްފަ.
761 ދުވަސް ކުރިން - 13:05