Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 14 އެނދަށް ބޮޑުކޮށް ޒަމާނީ ފެންވަރަށް ގާއިމްކުރަން އާރުޑީސީއާ ހަވާލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 14 އެނދަށް ބޮޑުކޮށް ޒަމާނީ ފެންވަރަށް ގާއިމްކުރަން އާރުޑީސީއާ ހަވާލުކޮށްފި

އާނާ ފަހީމް
649 ދުވަސް ކުރިން - 18 ނޮވެންބަރު 2024 21:07
ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 7 އެނދުން 14 އެނދަށް ބޮޑުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 7 އެނދުން 14 އެނދަށް ބޮޑުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ޚުލާސާ

2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖައްސައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 7 އެނދުން 14 އެނދަށް ބޮޑުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކޮށްފި.

ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް 7 އެނދުން 14 އެނދަށް ބޮޑުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކޮށްފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިއްޔެ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ހަލީމާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ހުރި 7 އެނދުގެ އިމަރޖެންސީ ރޫމް ޒަމާނީ ވަސީލަތްތަކާއެކު 14 އެނދަށް ބަދަލުކޮށް، ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރެވޭނެއެވެ. މި މަސައްކަތް ދެމަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތަށް ތަރައްޤީކުރާއިރު އިމަރޖެންސީ ރޫމް ބޮޑުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު އިމަރޖެންސީ ރޫމުގެ ޚިދުމަތްތައް ދޭނީ ހޮސްޕިޓަލުގެ އެހެން ބައެއްގައި ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

އާރްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އެ ކުންފުނިން މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިގޮތުން މިހާރު ވަނީ 4 އޮޕަރޭޝަން ތިއޭޓަރާއި، 10 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓެއް (އައިސީޔޫ) އަދި ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމްކޮށްފައެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ހޮސްޕިޓަލުގެ އެނދުގެ އަދަދު އިތުރުކުރުމަށް ވެސް ވަނީ ރާވާފައެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ތެރެއިން ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް، ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އާރްޑީސީހުޅުމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

7 ދުވަސް ކުރިން - 12:06

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

25 ދުވަސް ކުރިން - 11:49

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

29 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

37 ދުވަސް ކުރިން - 14:28

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

42 ދުވަސް ކުރިން - 19:54

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

67 ދުވަސް ކުރިން - 17:35