ހުޅުމާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވީ ހުޅުމާލޭގައި ހުންނަ އޮފީސް އިމާރާތް ކަމަށްވާ އުމަރު ޒާހިރު ބިލްޑިން ކައިރީގައި ހުންނަ އިމާރާތެއްގައެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައި މިހާދިސާގެ ވީޑިއޯ އިން ފެނުނު ގޮތުގައި ރޯވި އިމާރާތުން ވަރަށް ބޮޑަށް ދުން އަރަ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރަމުންދާއިރު ފުލުހުން ގެންދަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.








