ހުޅުމާލޭ ރާކަނި ބީޗްގައި ހިނގި މާރާމާރީއެއްގެ މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުޠުކޮށްފައި ދޫކޮށްލައިފިއެވެ.

މާރާމާރީ ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނު ވަގުތުން ފެށިގެން ތަޙްޤީޤު ކުރިއަށްގެންދާއިރު ފުލުހުން ބުނީ އޭނާ ދޫކޮށްލީ ޝަރުޠުތައް ކުރުމަށްފަހުގައެވެ.

މި ހާދިސާގެ ވީޑިއޯ މިހާރު ވަނީ އިޖްތިމާޢީ މީޑިއާގައި ފެތުރިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ރާކަނި ބީޗްގައި ކާންއިން މީހަކަށް އެހެން މީހަކު ހަމަލާދިނުމުން، އޭނާވެސް ރައްދު ދީފައިވެއެވެ. މި ދެމީހުންގެ މެދުގައި ހިނގި މާރާމާރީގައި އެތަނުގައި ހުރި ފަރުނީޗަރު ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. މާރާމާރީ ހުއްޓުވައިލީ އެތަނުގައި ތިބި ޢާންމު ރައްޔިތުންނެވެ.