Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފި

އާނާ ފަހީމް
651 ދުވަސް ކުރިން - 16 ނޮވެންބަރު 2024 23:43
ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް، ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު/ ފޮޓޯ؛ ރައީސް އޮފީސް
ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް، ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު/ ފޮޓޯ؛ ރައީސް އޮފީސް
ޚުލާސާ

އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އިންޓެންސިވް ކެއަރ ޔުނިޓު، ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓު އަދި ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓް ފަދަ މުހިންމު ވަސީލަތްތައް ޤާއިމްކުރެވި، ހުޅުމާލެ ހޮސްޕިޓަލް ހުޅުވައިފި.

ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް، ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު މި ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއާއެކު ހުޅުމާލޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރައީސް މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށެވެ. އަދި ހުޅުމާލޭގެ ރައްޔިތުންނަށް ޚިދުމަތް ދެމުންދާ ހަމައެކަނި ސަރުކާރު ހޮސްޕިޓަލަށްވާތީ، ރައީސް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތެރިންނާއި ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީ، ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ރައީސް ޑރ. މުޢިއްޒު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އޭގެ ތެރޭގައި:

Advertisement

Advertisement 1

1. ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް: މިތަނުގައި ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 އޮޕަރޭޓިން ކޮޓަރި ހިމެނެއެވެ. މި ކޮމްޕްލެކްސްއާއެކު ލެޕަރަސްކޯޕިކް ސަރޖަރީތައް ފަސޭހަކަމާއި އިތުބާރާއެކު ކުރެވޭނެއެވެ.

2. 10 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓު (އައިސީޔޫ): މި ޔުނިޓުގައި ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ހިމެނެއެވެ.

3. 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓު: ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް ޒަމާނީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ޔުނިޓެކެވެ.

4. ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓް: ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޞިއްޙީޞިއްޙީ އާލާތްތައް ސާފުކުރުމުގެ މަސައްކަތްކުރާ ތަނެވެ. މީގެ ކުރިން ހޮސްޕިޓަލުގައި ހުންނަނީ އާލާތްތައް ސާފުކުރަން ބޭނުންކުރާ އެއް މެޝިނެވެ. ނަމަވެސް ޒަމާނީ ފެންވަރުގެ މެޝިނަރީއާއެކު މި ޤާއިމްކުރެވުނު ޑިޕާޓްމަންޓާއެކު މެޑިކަލް އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެއެވެ.

މި ތަރައްޤީތަކުގެ އިތުރުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ވިއުގަ ފުޅާކުރުމުގެގޮތުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް މި ތިއޭޓަރުތަކުގައި ސަރޖަރީތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. މިކަމުން ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު ހުޅުމާލޭގެ ރައްޔިތުންނަށް ގިނަ ބާވަތްތަކެއްގެ ޞިއްޙީ ޚިދުމަތްތައް ރަށުން ބޭރަށް ދިއުމަކާ ނުލައި ލިބިގެންދާނެއެވެ. މީގެ އިތުރުން، ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް ލިބެން ފެށުމުން، މާލޭގެ އެހެން ހޮސްޕިޓަލްތަކަށް ކުރިމަތިވެފައިވާ ޕްރެޝަރު ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހުޅުމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

1 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

21 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

3 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

3 ދުވަސް ކުރިން - 10:22