
ދިރިއުޅުމުގައި ކުރިމަތިވާ އެކި ދަތިތަކާއި އިމްތިޙާނުތަކަށް ކެތްތެރިވެ، މީހުންނާ މުޢާމަލާތުކުރުމުގައި މަޑުމައިތިރި ބަސްމޮށުން އިސްކުރަން ޖެހޭ. ގައުމެއް ޢިލްމާއި ޓެކްނޮލޮޖީއާއި އިގްތިސާދީ ގޮތުން ކިތަންމެ ކުރިއަރައި ދިޔަނަމަވެސް، އަހުލާގީ ރިވެތި ސިފަތައް ނެތް ނަމަ އެއީ ހަގީގީ ތަހުޒީބެއް ނޫން. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެނީ ހުލްގުހެޔޮކަމުން.
1 ދުވަސް ކުރިން - 13:19

މާތް ﷲއަށް ޝުކުރުކުރުމުގެ އިތުރުން، މައިންބަފައިންނަށާއި މީސްތަކުންގެ ހެޔޮކަމަށް ޝުކުރުއަދާކުރުމަށް އިސްލާމްދީން ބާރުއަޅާ. އަދި ނިއުމަތްތައް ދެމިއޮތުމާއި އިތުރުވުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް. އެހެންކަމުން، އިސްރާފާއި ބޮޑާކަމުން ދުރުހެލިވެ، ދުނިޔަވީ ކަންކަމުގައި ތިމާއަށްވުރެ ދަށުގައިވާ މީހުންނަށް ބަލައި، ހިތާއި ދުލާއި ގުނަވަންތަކުން ޝުކުރުވެރިވާ އަޅަކަށް ވުމަށް ހުތުބާގައި ނަސޭހަތްތެރިވި.
8 ދުވަސް ކުރިން - 13:19

އިންސާނާގެ ނަފުސަކީ މާތްﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްކަން ފާހަގަކޮށް، ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ހުތުބާގައި ފާހަގަކުރި.
15 ދުވަސް ކުރިން - 12:58