Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހުތުބާ: މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމަކީ އިންސާނާގެ ދީންވެރިކަން ފަސާދަކޮށްލާ ނުރައްކާތެރި ކަމެއް

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 9 އޮކްޓޫބަރު 2026 12:57
ޒިޔާރަތް މިސްކިތް. / ފޮޓޯ: ޚުލާސާ
ޒިޔާރަތް މިސްކިތް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މުދަލަކީ ﷲގެ މިލްކެއް ކަމަށާއި، އެއީ އަމާނާތެއްގެ ގޮތުގައި ދެއްވާފައިވާ އިމްތިހާނެއް ކަމަށް ހުތުބާގައި ވިދާޅުވި. ރިބާއާއި ރިޝްވަތު ފަދަ ހަރާމް ވަސީލަތްތަކުން ދުރުހެލިވެ، ތެދުވެރިކަމާއެކު ހަލާލު އާމްދަނީ ހޯދުމަށާއި، އަހުލުވެރިންނަށް ހޭދަކޮށް ޒަކާތް ދެއްކުމަށް ގޮވާލެއްވި. އަދި މުދާ އިސްރާފުކުރުމަކީ އަމާނާތަށް ހިޔާނާތްތެރިވުން ކަމުގައި ބަޔާންކުރެއްވި.

މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ލިބޭ ގެއްލުމާއި ފަސާދަ ނުހަނު ބޮޑު ކަމަށާއި، ނަހަމަ ގޮތުގައި މުދާ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބަޔާންކުރައްވާފައިވަނީ، ބަކަރި އައިނެއްގެ ތެރެއަށް ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީނަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށް މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށެވެ. އަދި މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އިންސާނާގެ ދީން ހަލާކުވެ، އަހުލާގު ފަސާދަވެ، ﷲއާ އޮންނަ ގުޅުން ކެނޑިގެންދާނެ ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހުތުބާގައި އިތުރަށް ބުނީ، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތި ކަމަށާއި، އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ހަވާލުކުރެވިފައިވާ އިމްތިހާނެއް ކަމަށެވެ. އެހެންކަމުން، މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ގިޔާމަތް ދުވަހު މާތް ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement 1

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ހަރާމް ގޮތުގައި އާމްދަނީ ހޯދުންކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ، ރިބާ ކެއުމާއި، ރިޝްވަތާއި، މަކަރާއި ހީލަތް ހެދުމާއި، ވައްކަމާއި، ޖުވާ އަދި އަމާނާތަށް ހިޔާނާތްތެރިވުން ފަދަ ނަހަމަ ގޮތްތަކުން ފައިސާ ހޯދުމަކީ މާތް ﷲ ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަން ކަމަށެވެ. އަދި ހަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާން ކަމުގެ ވަރުގަދަ އިންޒާރު ވެސް ވަނީ ދެއްވާފައެވެ.

ހަމައެއާއެކު، ތެދުވެރިކަމާއެކު އަދާކުރާ ވަޒީފާއިންނާއި ހުއްދަ ވިޔަފާރިން ހަލާލު އާމްދަނީ ހޯދުމަށް ބާރުއަޅުއްވައި، އަމިއްލަ އަނބިދަރިންނަށާއި މައިންބަފައިންނަށް ހޭދަކުރުމުގެ މަތިވެރިކަން ހުތުބާގައި ފާހަގަކުރެއްވިއެވެ. އަދި މުދަލުން ދައްކަންޖެހޭ ފަރުޟު ޒަކާތް އަދާކުރުމަށާއި، ބޭކާރު ގޮތުގައި މުދާ އިސްރާފުކުރުމުން ދުރުހެލިވެ، މާތް ﷲ ރުހިވޮޑިގަންނަވާ މަގުގައި މުދާ ހޭދަކުރުމަށް މިއަދުގެ ހުތުބާގައި އެންމެހައި މުސްލިމުންނަށް ވަނީ ގޮވާލައްވާފައެވެ.

ހުކުރު ހުތުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ހާސްކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ފަރުވާއަކީ ޒިކުރުކުރުން: ހުތުބާ

ހާސްކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ފަރުވާއަކީ ޒިކުރުކުރުން: ހުތުބާ

7 ދުވަސް ކުރިން - 13:13

އިސްރާފާއި ދަރަނިން ދުރުހެލިވެ، މާލީ ކަންކަމުގައި އިސްލާމީ ހަމަތައް އިސްކުރޭ: ހުތުބާގައި

އިސްރާފާއި ދަރަނިން ދުރުހެލިވެ، މާލީ ކަންކަމުގައި އިސްލާމީ ހަމަތައް އިސްކުރޭ: ހުތުބާގައި

14 ދުވަސް ކުރިން - 13:00

މުޖުތަމައުގެ އިސްލާމީ ކަރާމާތް ދެމެހެއްޓުން އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭ: ހުތުބާ

މުޖުތަމައުގެ އިސްލާމީ ކަރާމާތް ދެމެހެއްޓުން އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭ: ހުތުބާ

42 ދުވަސް ކުރިން - 13:30

މުޖުތަމައުގެ އިސްލާމީ ކަރާމާތް ދެމެހެއްޓުން އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭ: ހުތުބާ

މުޖުތަމައުގެ އިސްލާމީ ކަރާމާތް ދެމެހެއްޓުން އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭ: ހުތުބާ

42 ދުވަސް ކުރިން - 13:30