އައިޖީއެމްއެޗް ކައިރީ މަރުތޭލަކުން ހަމަލާ ދިނުމަށްފަހު ފިލައިގެން އުޅުނު އަރީޝްގެ ބަންދު މުއްދަތު އިތުރުކުރީ 15 ދުވަހަށް. މިއީ ދެވަނަ މުއްދަތް.
592 ދުވަސް ކުރިން - 12:09
މާރާމާރީ ހިންގުމުގައި އުޅޭކަމަށް ތުހުމަތުކުރެވޭ އިތުރު 3 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް، މި މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން 7 ދުވަހަށް އިތުރުކޮށްފި.
598 ދުވަސް ކުރިން - 19:27
ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރީގައި ސައިކަލެއްގެ މަތީގައި އިން މީހަކަށް ކޯރާޑިއަކުން ޙަމަލާ ދިނުމުން ހައްޔަރުކޮށްފައި ވަނީ ގދ. ފިޔޯރީ ހީނާމާގޭ ރުސްތުމް އިބްރާހިމް 25އ އާއި ބ. ހިތާދޫ ސްޓާ ޢަބްދުﷲ ޒާހިދު ޒުބައިރު 18އ.
611 ދުވަސް ކުރިން - 10:09
ފުލުހުން ހައްޔަރުކުރީ ނޭޕާލްގެ މީހާ. އޭނާގެ އެހީތެރިޔަކަށް އެ ކެފޭގައި މަސައްކަތްކުރި ބަންގްލަދޭޝަގެ މީހާ އޮތީ އައިސީޔޫގައި.
614 ދުވަސް ކުރިން - 15:21
އަނިޔާވި މީހާ މިހާރު އޮތީ އައިޖީއެމްއެޗްގައި. ހަމަލާ ދިން މީހުން ވަނީ ފިލާފައި. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.
616 ދުވަސް ކުރިން - 22:01
މާވެޔޮމަގުގައި ހުންނަ ތާސީރު ކެފޭގެ ބަދިގެތެރޭގައި ހިނގި ޒުވާބެއްގައި މާރާމމާރީ އަކަށް ބަދަލުވެ އެކެއްގެ ޙާލު ސީރިއަސް.
616 ދުވަސް ކުރިން - 13:28
ފުލުހުން ބުނީ އިއްޔެ ހނގި ހާދިސާގައި ޙަމަލާ ދީ ޒަޚަމް ކޮށްލާފައި ވަނީ ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަަރު މާޓިން ވެން ވެލްއަށެވެ. ފަރުވާ އަށްފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދުކޮށްލާފައި.
617 ދުވަސް ކުރިން - 11:20
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު ގުލްދަސްތާގޭ ޖާޒިމް ޖައުފަރު ނަމަކަށް ކިޔާ މީހެއް. ނަމަވެސް އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރޭ.
623 ދުވަސް ކުރިން - 22:21
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވީ މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށް.
633 ދުވަސް ކުރިން - 21:19
މާރާމާރީގެ ރިޕޯޓު ލިބުމާއެކު ވަގުތުން ފުލުހުން އެ ސަރަހައްދަށް ގޮސް، ހާދިސާގައި ބައިވެރިވި އިންޑިއާގެ 3 މީހުން ވަނީ ހައްޔަރުކޮށްފަ.
633 ދުވަސް ކުރިން - 09:36
ކުރިން ސައިކަލެއް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު، މިފަހަރު މާރާމާރީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި.
635 ދުވަސް ކުރިން - 17:32
ރޭ 9:43 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން މަސައްކަތްކޮށް، ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދިނީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޛާލިފް (37އ).
636 ދުވަސް ކުރިން - 11:30