މާލޭގެ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި މިއަދު މެންދުރު ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ މި ހިނގާފައިވަނީ ތާސީރު ނަމަކަށް ކިޔާ ކެފޭއެއްގައެވެ
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މާރާމާރީގެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:10 ގައި ކަމަށާއި ވަގުތުން ސީން އަށް އެޓެންޑް ވިއެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކާއި ނޭޕާލްގެ ރައްޔިތަކާއި ދެމެދުގައި ކަމަށް ވެއެވެ.
ޒަޚަމްވި ދެމީހުންނަށް ވެސް ފަރުވާ ދެމުންދާއިރު އެކެއްގެ ޙަލު ސީރިއަސް އެވެ. އެ ދެމީހުންނަށް ވެސް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.









