ނޭޕާލްގެ މީހަކަށް ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް. ނޫން ކަމަށް ވެސް ފުލުހުން ބުނެއެއެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ވަނީ މި ހަމަލާ ދީފައި ވަނީ ރޭ މާލޭގެ ކުރިކީލަ މަގުގަގައި ކަމަށާއި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ބިދޭސީންނަށް ހަމަލާ ދިނުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަންކަމެވެ. ބައެއްފަހަރު ބިދޭސީންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ސަބަބުން ވެސް މިފަދަ ހާދިސާތައް ހިނގައެވެ.
ރޭގެ ހާދިސާ ހިނގީ ކީއްވެގެންކަން އަދި ނޭނގޭއިރު، ހަމަލާ ދީފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދުވަސްވަރު މާލޭގައި ފޭރުމުގެ އަމަލުތައް ވެސް މަދުން ނަމަވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރީގެ ސަބަބުން ފޭރޭ މީހުންނާއި ވައްކަންކުރާ މީހުން އަދަދުތައް އިތުރުވެފައިވާއިރު، ބިދޭސީން ވެސް ދަނީ ދިވެހިންނާއި ގުޅިގެން ވިޔަފާރީގައި ބައިވެރިވަމުންނެވެ.









