ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ހނގި ހާދިސާގައި ޙަމަލާ ދީ ޒަޚަމް ކޮށްލާފައި ވަނީ ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަަރު މާޓިން ވެން ވެލްއަށެވެ.
ފުލުހުން ބުނީ އޭނާއަށް ހަމަލާދިނީ އޭނާ ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައިގެންނެވެ.. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން ބުނެެއެވެ.
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.









