ނިސްޓެލްރޯއީގެ ވަގުތީ ކޯޗުކަމުގައި ކުޅުނު 4 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބައްޔެއް ނުވޭ. 3 މެޗުން ޔުނައިޓެޑް މޮޅުވިއިރު އެއް މެޗުންވީ އެއްވަރު. އައުކޯޗުގެ ބެކްރޫމްގައި އޭނާ ހިމެނުމަށް ނިސްޓެލްރޯއީ ވަނީ އެދިފައި.
667 ދުވަސް ކުރިން - 11:56
ލިވަޕޫލް އެސްޓަން ވިލާއާ ކުޅެ 2-0 އިން މޮޅުވިއިރު ސަލާހު ވަނީ ވަރަށް މޮޅަށް ކުޅެފަ. ޕްރިމިއަރ ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ފަސްޕޮއިންޓުގެ ލީޑަކާއިއެކު.
668 ދުވަސް ކުރިން - 09:52
މެންޗެސްޓަރ ސިޓީ ވިދިވިދިގެން ހަތަރު މެޗުން ބަލިވުމުން، ގާޑިއޯލާ ވަނީ ކަންބޮޑުވުން ފާޅުކޮށް އަވަހަށް ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް ބުނެފަ، ބްރައިޓަން އަތުން ސިޓީ ރޭ ބަލިވީ 2-1 ލަނޑުން.
668 ދުވަސް ކުރިން - 09:45
'މިއީ ޤަބޫލުކުރަން ދަތި ނިންމުމެއް،' ކަމަށް ގަނާސްގައި 5 އަހަރު ހޭދަކުރުމަށް ފަހު އިސްތިއުފާދިން ކުރީގެ ކުޅުންތެރިޔާ ބުނި. އިސްތިއުފާ ދިން ސަބަބެއް ނުބުނޭ.
673 ދުވަސް ކުރިން - 20:02
ފަހަތުން އަރައި ބްރައިޓަން 2 ލަނޑު އެއްލަނޑުން ބަލިކޮށް ލިވަޕޫލް ދިހަ މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެރީ 23 ޕޮއިންޓާއެކު ކުރިން އެއްވަނައިގައި އޮތް ސިޓީ މިރޭ ބޯންމަތު އަތުން ބަލިވުމުން.
676 ދުވަސް ކުރިން - 00:41
ކަކުލުގެ އަނިޔާގެ ސަބަބުން އާސެނަލްގެ ރިކާޑޯ ކަލަފިއޯރީއަށް ކުޅެވޭނެ ކަމަށް ބެލެވެނީ އަދި ހަފްތާތަކެއް ފަހުން ކަމަށް ބެލެވޭ. ނޭޝަންސް ލީގުގައި އިޓަލީން ފުރާންސްއާއި ބެލްޖިމާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުވެސް އޭނާއަށް ގެއްލިދާނެ.
677 ދުވަސް ކުރިން - 21:29
ކުރިން ހީކުރި ގޮތާއި ޚިލާފަށް ގެބްރިއެލް އަށް ލިބިފައިވާ އަނިޔާ އެހާ ސިރިއަަސް ނޫން ކަމަށާއި، އިތުރު ޓެސްޓުތައް ހަދަމުންދާ ކަމަށް އާޓެޓާ ބުނޭ. ކަކުލަށް އަނިޔާވީ ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި.
679 ދުވަސް ކުރިން - 14:04
1-2 ލަނޑުން ރޭ ޗެލްސީ ބަލިކޮށް، ކުޅުނު 8 މެޗުން 21 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގައި އޮތްއިރު މިބައްޔާއިއެކު ޗެލްސީ އޮތީ 8 މެޗުން 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި.
688 ދުވަސް ކުރިން - 16:49
މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި އާސެނަލްގެ ރެކޯޑް ބޯންމައުތުން މުގުރާލުމުން ތާވަލުގެ ތިންވަނައަށް އާސެނަލް ވެއްޓިއްޖެ. އާސެނަލްއަށް މައްސަލަތަކާއި ކުރިމަތިވީ ސަލީބާ އަށް ދެއްކި ރަތްކާޑުގެ ސަބަބުން
689 ދުވަސް ކުރިން - 12:57
މެންޗެސްޓާ ސިޓީއަށް މާލީ ގޮތުން ގަވާއިދާ ހިލާފުވުމުގެ އަޑުއެހުންތަކެއް ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން ޕޮއިންޓް އުނިވުން ނުވަތަ ރެލިގޭޓްވުމުގެ ފުރުސަތު އެބައޮތް. ދައުވާއާ ދެކޮޅަށް ސިޓީން ހަނގުރާމަ ކުރަމުންދާއިރު ގާޑިއޯލާ ބުނީ ގިނަ ބަޔަކު ބޭނުންވަނީ ކްލަބުގެ ނަން ފޮހެލުމަށް
717 ދުވަސް ކުރިން - 12:59