އިނގިރޭސި ޕްރިމިއަރ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ އާސެނަލްއިން ދަމަހައްޓަމުން އައި ރެކޯޑު ނިމިއްޖެއެވެ. މިސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ނިމުމަކަށް ގެނައީ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ގަނާސް ބަލިވުމުންނެވެ.
ރަށުން ބޭރުގައި އާސެނަލް ކުޅުނު މި މެޗުގެ ދެގޯލު ވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ.
ފުރަތަމަ ހާފުގައި ވެސް ސްކޯ ކުރުމަށް ޗާންސު ލިބުނު އާސެނަލްއަށް މި މެޗުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ވިލިއަމް ސަލީބާ އަށް ފުރަތަމަ ހާފުގެ މެދާހިސާބުން ދެއްކި ރަތްކާޑަކާއި ގުޅިގެންނެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުން އައި އާސެނަލްގެ ގޯލު ފޫއަޅުވާލީ ރަޔާން ކްރިސްޓީއެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނެޓަށް ވެފައި ވަނިކޮށެވެ. އެއަށްފަހު އޭގެ ނުވަ މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ދެވަނަ ލަނޑު ޖެހީ ޖަސްޓިން ކްލައިވަޓްއެވެ.
އާސެނަލްގެ ފުރަތަމަ ބައްޔާއެކު ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ބޯންމައުތުން ނިމުމަކަށް ގެނައިއިރު އެންމެ ފަހުން އެޓީމު ކުުޅުނު ހަތަރު މެޗުން ވަނީ ބަލިވެފައިކަން ފާހަގަ ކުރެވެއެވެ.
މި މޮޅާއެކު އެ ޓީމަށް 8 މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ ލިބުނުއިރު، އާސެނަލް ޓޭބަލްގެ ތިންވަނައިގައި އޮތީ 8 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. 18 ޕޮއިންޓާއެކު އެއްވަނައިގައި ލިވަޕޫލް އޮތްއިރު 17 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ގޯލުގެ ތަފާތުން މެންޗެސްޓަރ ސިޓީއެވެ.









