ލިވަޕޫލުން އެސްޓަންވިލާ 2-0 އިން ބަލިކޮށް، ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ރޭ މެންޗެސްޓަރ ސިޓީ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު ލިވަޕޫލްގެ މި މޮޅަކީ އެ ޓީމަށް ސިޓީއާމެދު އޮތް ފަރަޤު ފަސްޕޮއިންޓަށް ތަފާތު ކޮށްލުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
މި މެޗުގައި މިސްރުގެ ސަލާހު މުހިންމު ރޯލެއް އަދާކުރިއިރު ފުރަތަމަ ލަނޑު ޖެހީވެސް އޭނާގެ އެހީތެރިކަމާއެކުއެވެ. ނޫނޭޒް ފުރަތަމަ ގޯލު ޖެހިއިރު މެޗުގެ ފަހު ވަގުތު ގައި ސަލާހް ވެސް ވަނީ ގޯލެއް ޖަހާފައެވެ މި ލަނޑަކީ މި ސީޒަންގައި ސަލާހް ޖެހި 10 ވަނަ ލަނޑެވެ. އަދި މިހާތަނަށް އޭނާ ވަނީ 10 އެސިސްޓްވެސް ދީފައެވެ.
އުނާއީ އެމެރީ ކޯޗުކަން ކުރާ އެސްޓަންވިލާއިން ވެސް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ލިވަޕޫލްގެ ކައުންޓަރ އެޓޭކްތަކުގެ ފެންވަރު މަތިވުމުން އެ ޓީމަށް ވަނީ ކާމިޔާބު ހޯދޭގޮތް ނުވެފައެވެ. އިބްރާހިމް ކޮނާޓޭ ކުރި ފައުލަކަށާއި އަދި ކޮނޯ ބްރެޑްލީ ޕައު ޓޮރެސްގެ ޖަރޒީގައި ހިފައި ދަމައިގަތުމުން ވެސް ޕެނަލްޓީއަކަށް އެޕީލް ކުރުމުން މި ދެފަހަރުގައިވެސް ރެފްރީ ޕެނަލްޓީ ދީފައި ނުވާތީ އެސްޓަންވިލާއިން ޝަކުވާވެސް ކުރިއެވެ. މި ދެހާދިސާގައި ވެސް ރެފްރީ ވަނީ ޕެނަލްޓީ ނުދީ ކުޅުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ރޭގެ މި މޮޅުވުމާއެކު ލިވަޕޫލް ވަނީ މިހާތަނަށް ކުޅުނު 17 މެޗުން 15 މެޗުގައި މޮޅުވެ، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.









