މި މޮޅުވުމާއެކު ލިވަޕޫލްގެ އައު ކޯޗް ސްލޮޓް ވަނީ އެ ޓީމުގެ ތާރީޚުގައި ފުރަތަމަ 9 މެޗުން 8 މެޗު ކާމިޔާބުކުރި ފުރަތަމަ ކޯޗަށް ވެފަ.
706 ދުވަސް ކުރިން - 12:17
މި މެޗުގެ ނަތީޖާއިން ސެލްޓިކްގެ މި ސީޒަނުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ. ޑޯޓްމަންޑް ތާވަލުގެ ބޮންތީގައި އޮތްއިރު، ލެވަކޫސަން އާއި ބްރެސްޓް ވެސް ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، ޑޯޓްމަންޑަށް އެއްވަނަ ލިބިފައިވަނީ 9 ގޯލުގެ ފައިދާއާ އެކުގަ
707 ދުވަސް ކުރިން - 14:08
މެޗުގެ ފުރަތަމަ ލަނޑު ލެވަންޑޯސްކީ ޖެހީ އަށްވަނަ މިނެޓުގަ. 34 ވަނަ މިނެޓުގައި ރަފީނިއާ ދެވަނަ ލަނޑު ޖެހުމަށްފަހު، ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޓީނޭޒް ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ. ދެވަނަ ހާފުގައި ލެވަންޑޯސްކީ އޭނާގެ ދެވަނަ އަދި ޓީމުގެ ހަތަރުވަނަ ލަނޑު ޖެހި. ބާސާގެ ފަސްވަނަ ގޯލަކީ މެޗުގެ ފަހު މިނެޓުތަކުގައި ޔަންގް ބޯއިޒްގެ ކަމާރާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
707 ދުވަސް ކުރިން - 13:51
ފޯޑެން މި މެޗުގައި ދެއްކި މޮޅު ކުޅުމާއި، މެކާޓީގެ ފުރަތަމަ ލަނޑު ފާހަގަކޮށް ސިޓީގެ މެނޭޖަރ ޕެޕް ގުއާޑިއޯލާ ބުނީ މި ދެ ކުޅުންތެރިންގެ ކުޅުމަކީ ޓީމުގެ މުސްތަޤުބަލަށް އުއްމީދު ދޭ ކަމެއް ކަމަށް. ސިޓީ ދެން ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހު ސްޕާޓާ ޕްރާގް އާ ދެކޮޅަށް
707 ދުވަސް ކުރިން - 13:39
ބާސާ ބަލިވން ޖެހުނު އެންމެ ބޮޑު އަސްލަކީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ގާސިއާއަށް ދެއްކި ރަތްކާޑު. މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުގެ ނަތީޖާއަކީ މޮނާކޯ އޭގެ އެޑްވާންޓޭޖް ނެގުން. މެޗުން މޮނާކޯ މޮޅުވީ 2 ލަނޑު 1 ލަނޑުން. ނައިޖީރިއާގެ ފޯވާޑް ޖޯޖް އިލެނިކޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ
719 ދުވަސް ކުރިން - 14:05
ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗު ވީ 0-0 އިން އެއްވަރު. އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް ސަލާމަތްކޮށްދިނީ ކީޕަރު ރަޔާ. އޭނާ ވަނީ އެޓަލާންޓާގެ ޕެނަލްޓީ ދިފާއުކޮށް ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފަ
719 ދުވަސް ކުރިން - 09:47
ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލް ވަނީ އޭސީ މިލާން އަތުން 3-1 އިން މޮޅުވެ، ކޮނާޓޭ، ވެންޑައިކް، އަދި ގަކްޕޯގެ ލަނޑުތައް ކާމިޔާބުކޮށްފަ އެވެ. މިލާނުގެ ޕުލިސިޗް ގޯލް ހުޅުވާލި ނަމަވެސް ލިވަޕޫލްގެ 3 ލަނޑު ވެސް ޖަހާފައިވަނީ ފަހަތުން އަރާ
721 ދުވަސް ކުރިން - 10:43
2024/25 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލުން އިއުލާންކުރި 25 ކުޅުންތެރިންގެ ސްކޮޑުގައި ބުކާޔޯ ސާކާ، ޑެކްލަން ރައިސް، އަދި ގެބްރިއަލް ޖީސަސް ފަދަ ތަރިން ފެނިގެންދާނެއެވެ. މި ސްކޮޑުގައި ހިމެނެނީ ހޯމްގްރޯވަން ޓެލެންޓާއި ސީޒަންޑް ވެޓެރަންސް އަދި ޔޫރަޕްގެ ކެމްޕޭނަށް އަލަށް ސޮއިކުރާ ކުޅުންތެރިންނެވެ.
732 ދުވަސް ކުރިން - 11:20
ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ވަނީ 183 މެޗުން 140 ގޯލު ޖަހާފައި. އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމާއި ތިން ތަފާތު ފައިނަލްގައި ގޯލު ޖެހި ރޮނާލްޑޯ ވަނީ އަލުން މި މުބާރާތުގައި ބައިވެރިވެދާނެކަމުގެ އިޝާރާތެއްވެސް ދީފަ
740 ދުވަސް ކުރިން - 07:24