މެޗުގެ ހަމައެކަނި ލަނޑު ޖެހީ 61 ވަނަ މިނެޓުގައި ރަފިންހާ. މި ދެޓީމު ދެން ކުޅޭނީ ދެވަނަ ލެގުގައި އަންގާރަ ދުވަހު ބާސެލޯނާގައި.
552 ދުވަސް ކުރިން - 06:25
2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްލިއިރު ލަނޑު ޖަހައިދިނީ ރޮޑްރީގޯ އާއި ޑިއާޒް. ދެވަނަ ލެގުގައި މި ދެޓީމު ދެން ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހު.
553 ދުވަސް ކުރިން - 10:26
ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްވީ ކޮޅަށް 7 ލަނޑު ޖަހައި، ލަނޑު ނުޖެމުހުގެ މައްސަލަ އަށް އާސެނަލް އިން ރަނގަޅު ޖަވާބެއް ދީފި.
553 ދުވަސް ކުރިން - 09:11
މިރޭ 1 ޖަހާއިރު ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗާއި ބެހޭގޮތުން ރިއަލް މެޑްރިޑްރިޑްގެ ކޯޗު ބުނީ އެތުލެޓިކޯ މެޑްރިޑަކީ މެންޗެސްޓަރ ސިޓީއަށްވުރެ އުނދަގޫ ޓީމެއް ކަމަށް.
554 ދުވަސް ކުރިން - 09:59
ގަދަ 16 ގެ މެޗުތައް ކުޅޭނީ މާރިޗު 4/5 އަދި 11/12 ގައި. ކުއާޓަރ ފައިނަލް އޭޕްރިލް 8/9 އަދި 15/16 ގައި. ސެމީ ފައިނަލް އޭޕްރިލް 29/30 އަދި މެއި 6/7 ގައި. ފައިނަލް މެޗު މެއި 31 ގައި.
566 ދުވަސް ކުރިން - 09:11
1-3 ލަނޑުން ރިއަލް މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު މެންޗެސްޓަރ ސިޓީއަށް މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދުތައް ވަނީ ފުނޑުފުނޑުވެފަ.
566 ދުވަސް ކުރިން - 08:36
ބަޔާން މިއުނިކް އާއި ސެލްޓިކް 1-1 އިން އެއްވަރުވެ ބަޔާނަށް ކުރި ލިބުނީ 3-2 ގެ އެގްރެގޭޓުން.
567 ދުވަސް ކުރިން - 05:00
ސިޓީއިން ގޯލުޖަހައި ލީޑު ނަގާއިރަށް މެޑްރިޑުން އެއްވަރުކޮށް އެންމެފަހުން މެޗު ނިންމާލީ 3-2 އިން ރިއަލް މެޑްރިޑް މޮޅުވެގެން. ސިޓީ އަށް ދެން އޮތީ 19 ވަނަ ދުވަހަށް އިންތިޒާރުކުރުން.
574 ދުވަސް ކުރިން - 10:35
ޕްލޭއޮފްގެ ފުރަތަމަ ލެގު ކުޅޭނީ ފެބްރުއަރީ 11/12 ، އަދި ދެވަނަ ލެގު ކުޅޭނީ ފެބްރުއަރީ 18/19 ގައި. ފަހު 16 ގެ ބުރުގެ ގުރުއަތުލުން އޮންނާނީ ފެބްރުއަރީ 21 ގައި.
585 ދުވަސް ކުރިން - 19:28
ރޭ ސިޓީ މޮޅުވީ 3-1 އިން. ގާޑިއޯލާ ބުނީ ރިއަލް މެޑްރިޑް އަދި ބަޔަން މިއުނިކް ފަދަ ޓީމުތަކާއި ކުރިމަތިލާން ޖެހިދާނެތީ، މިވަގުތު ސިޓީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ޓީމެއް ނޫން ކަމަށް.
587 ދުވަސް ކުރިން - 07:21
ފަހަކަށް އައިސް “ހާލު ދެރަ" ސިޓީ މިރޭ ބަލިވެއްޖެނަމަ މިފަހަރުގެ ލީގާއި ވަކިވާން ޖެހޭތީ، މިރޭގެ މެޗަކީ މިފަހަރު ލީގުގައި ދިރިހުރުމާއި މަރު ކަނޑައެޅުމަށް ކުރިމަތިވާ އިމްތިޙަނެއް. މިމެޗް ފަށާނީ މިރޭ 1:00 ގައި.
588 ދުވަސް ކުރިން - 16:57
ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި އިންޓަމިލާން މޮޅުވުމުން، ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ކަށަވަރު ކުރަންޓަކައި ފަހު މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެއް.
594 ދުވަސް ކުރިން - 10:32