Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގުރުއަތު ލައިފި، ޗެންޕިއަންސް ލީގު ޕްލޭއޮފްގައި ރިއަލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ

ގުރުއަތު ލައިފި، ޗެންޕިއަންސް ލީގު ޕްލޭއޮފްގައި ރިއަލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ
585 ދުވަސް ކުރިން - 31 ޖެނުއަރީ 2025 19:28
ގުރުއަތު ލައިފި، ޗެންޕިއަންސް ލީގު ޕްލޭއޮފްގައި ރިއަލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ
ޚުލާސާ

ޕްލޭއޮފްގެ ފުރަތަމަ ލެގު ކުޅޭނީ ފެބްރުއަރީ 11/12 ، އަދި ދެވަނަ ލެގު ކުޅޭނީ ފެބްރުއަރީ 18/19 ގައި. ފަހު 16 ގެ ބުރުގެ ގުރުއަތުލުން އޮންނާނީ ފެބްރުއަރީ 21 ގައި.

ޔުއެފާ ޗެންޕިއަންސް ލީގުގެ ޕްލޭއޮފް ގުރުއަތުލުން ބޭއްވިއިރު، އެންމެ ފަހުގެ ޗެންޕިއަން ރިއަލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ އެހެންކަމު ް. މި ދެ ޓީމުގެ ތެރެއިން އެއް ޓީމު ކަޓާނެއެވެ.

ލީގު ބުރުގައި ރިއަލް މެޑްރިޑް ނިމުނީ 11 ވަނައިގައި، އޮޓޮމެޓިކުން ކޮލިފައިވާ ސްޕޮޓަށްވުރެ އެއް ޕޮއިންޓް މަދުންނެވެ. ސިޓީ ވަނީ އެންމެ ފަހު މެޗުގައި ކްލަބް ބްރޫޖް އާ ދެކޮޅަށް 3-1 އިން މޮޅުވެ، 22 ވަނައިގައި ޕްލޭއޮފަށް ކޮލިފައިވެފައެވެ.

ފުރަތަމަ ލެގު ކުޅޭނީ ސިޓީގެ ދަނޑުގައެވެ. މި ދެ ޓީމު ކުރިން ބައްދަލުކުރި 12 މެޗުގެ ތެރެއިން ސިޓީ ވަނީ ހަތަރު މެޗުން މޮޅުވެފައެވެ (ފަސް މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެފައި). ނަމަވެސް ރިއަލް މެޑްރިޑުން ވަނީ ޗެންޕިއަންސް ލީގުގެ ނޮކްއައުޓް ބުރުތަކުގައި އިނގިރޭސި ކުލަބުތައް 13 ފަހަރު ބަލިކޮށްފައެވެ.

Advertisement

Advertisement 1

އައު ފޯމެޓުގެ ދަށުން، އެއް ގައުމެއްގެ ކުލަބުތައް ޕްލޭއޮފްގައި ބައްދަލުކުރެވޭނެއެވެ. މިގޮތުން ބްރެސްޓާއި ޕީއެސްޖީ ބައްދަލުކުރާނެއެވެ.

ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރާނީ ޑަޗް ކުލަބުތަކާއެވެ. ޔުވެންޓަސް ކުޅޭނީ ޕީއެސްވީ އާ ދެކޮޅަށެވެ. އަދި މިލާން ކުޅޭނީ ފެޔެނޫޑާ ދެކޮޅަށެވެ.

ބަޔަން މިއުނިކް ކުޅޭނީ ސެލްޓިކާ ދެކޮޅަށެވެ. އަދި ބޮރޫސިއާ ޑޯޓްމަންޑް ކުޅޭނީ ސްޕޯޓިންގ ސީޕީ އާއި ދެކޮޅަށެވެ.

ކްލަބް ބްރޫޖް ކުޅޭނީ އެޓަލާންޓާ އާ ދެކޮޅަށެވެ. އަދި ބެންފީކާ ކުޅޭނީ މޮނާކޯ އާ ދެކޮޅަށެވެ.

ޕްލޭއޮފްގެ ފުރަތަމަ ލެގު ކުޅޭނީ ފެބްރުއަރީ 11/12 ގައެވެ. އަދި ދެވަނަ ލެގު ކުޅޭނީ ފެބްރުއަރީ 18/19 ގައެވެ. ފަހު 16 ގެ ބުރުގެ ގުރުއަތުލުން އޮންނާނީ ފެބްރުއަރީ 21 ގައެވެ.

ރިއަލް މެޑްރިޑްމެންޗެސްޓަރ ސިޓީޗެމްޕިއަންސް ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

9 ގަޑިއިރު ކުރިން - 09:54

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

9 ގަޑިއިރު ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

9 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

14 ދުވަސް ކުރިން - 13:17

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

44 ދުވަސް ކުރިން - 01:10